އުފާވެރިކަން ޔަޤީން 3 ދޮރު!: މި ތިން ކަމުގައި ތިބާ ޘާބިތުވެ ހުރެއްޖެނަމަ ހިތްދަތިކަމާ ކުރިމަތިލާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުފާވެރިކަން ޔަޤީން 3 ދޮރު!: މި ތިން ކަމުގައި ތިބާ ޘާބިތުވެ ހުރެއްޖެނަމަ ހިތްދަތިކަމާ ކުރިމަތިލާކަށް ނުޖެހޭނެ! އިން ޝާ ﷲ

ކޮންމެ މީހަކުވެސް ބޭނުންވާނީ އުފަލުގައި ހުރުމަށެވެ. ނަމަވެސް އެކަމަށް ހުޅުވަންޖެހޭ ދޮރުތައް ހުޅުވަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ. އެއީ އެ 3 ދޮރު ނުއެނގޭތީކަމަށްވެސް ވެދާނެއެވެ. އެހެންވެ މިބަޔާންކޮށްދެނީ އެކަމަށް ހުޅުވަންޖެހޭ 3 ދޮރެވެ. ހުޅުވަން އުނދަގުލެއްވެސް ނުވާނެއެވެ.  

އުފާވެރިކަމަށް ހުޅުވަންޖެހޭ 3 ދޮރު:  

ފުރަތަމަކަމަކީ މާޒީއާއިމެދު ވިސްނައި ހިތާމަކުރުމެވެ. މާޒީ އާއިމެދު ކިތަންމެ ވަރަކަށް ވިސްނައި ހިތާމަކުރިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ މާޒީ އާއިމެދު ވިސްނަން އޮތީ އެންމެ ބޭނުމަކުއެވެ. އެއީ މާޒީގައި ކުރިފަދަ ކުށެއް އަލުން ނުކުރުމެވެ. އިތުރަށް އެފަދަ ކަމެއް ނުކުރުމެވެ.  

ދެން އޮތީ މުސްތަޤްބަލާއިމެދު ނުވިސްނުމެވެ. ސައިކޮލޮޖިސްޓުންގެ ދިރާސާތަކުން އެނގޭ ގޮތުގައި މުސްތަޤްބަލުގައި ޙާޞިލުކުރަން ވިސްނާ ކަންކަމުގެ ތެރެއިން ޙާޞިލުކުރެވެނީ އެންމެ 15 އިންސައްތައެވެ. 85 އިންސައްތަ ޙާޞިލެއް ނުކުރެވެއެވެ. ވީމާ މުސްތަޤްބަލާއިމެދު ވިސްނަން ގިނަ ވަޤުތުތައް ބޭކާރުނުކޮށް މިއަދު ކުރެވެން ހުރި ކަންކަން ވީހާރަނގަޅަކަށް ކުރަން މަސައްކަތްކުރާށެވެ!  

ތިންވަނަކަމަކީ އެހެން މީހަކު ތިބާއަށް އުފާވެރިކަން ހޯދައިދޭނެކަމަށް އުންމީދުނުކުރުމެވެ. ވިސްނަންވީ ތިމާއަށް އުފާވެރިކަން ޙާޞިލުކުރެވޭނީ ތިމާގެ މަސައްކަތުން ކަމެވެ. ވީމާ އެހެން މީހުންނާއިއެކު އެހެން މީހުން އުފާކޮށްދޭން ވަޤުތު ހޭދަކުރުން މަދުކޮށް ތިމާއަށް ފައިދާކުރާނެ ކަންކަން ކުރަން ވީހާ ގިނަ ވަޤުތުތަކެއް ހޭދަކުރާށެވެ!

އަހުރެމެންނަކީ މުސްލިމުންނެވެ. އުފަލުގައި ދެމިތިބެން ބޭނުންނަމަ ދީނީ ގޮތުން ކުރަންހުރި ކަންކަން ދީނުގެ ޢިލްމުވެރިން ގެންދަވަނީ ބަޔާންކޮށްދެއްވަމުންނެވެ. ވީމާ އެކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މިބުނި މަގުން މަސައްކަތްކުރުމުގެ އިތުރުން އެކަންކަން ކުރަމުން ގެންދާށެވެ. އެއިރުން އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝަމްވީލާ / މިއަދުނޫހަށް 

މިއަދު އޮންލައިން