ހެޔޮލަފާ އަނބިން ކަންބޮޑުވާ މައްސަލައާ އެކަމަށް އޮތް ޙައްލު! ގިނަ ބައަކަށް މައްސަލަ ނުވެސް ވިސްނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހެޔޮލަފާ އަނބިން ކަންބޮޑުވާ މައްސަލައާ އެކަމަށް އޮތް ޙައްލު! ގިނަ ބައަކަށް މައްސަލަ ނުވެސް ވިސްނޭ!

ހެޔޮލަފާ އަނބިންނަށް އެންމެ މުހިންމުވާ ކަންތައް އެނގޭހެއްޔެވެ؟ މިސުވާލުކުރީމާވެސް ގިނަ ބައަކު ދައްކާނީ ތަނަވަސްކަމުގެ ވާހަކައެވެ. ފައިސާއާ ގެދޮރުގެ ވާހަކައެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ.  

ފަޤީރު ޙާލުގައި އުޅެންޖެހުމަކީ ހެޔޮލަފާ އަނބިންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ފެންވަރު މަތިކުރަން، އިތުރު ތަނަވަސްކަން ހޯދަން ނުވިސްނާނަމަ އަދި އެކަމަށް މަސައްކަތް ނުކުރާނަމަ އެކަން ވަރަށް ބޮޑު މައްސަލައަކަށްވެއެވެ.  

މިއީ ހަމައެކަނި އެކަމަށް ވިސްނާކަމަށް ބުނެގެން ޙައްލުކުރެވެން އޮތް މައްސަލައެއްވެސް ނޫނެވެ. މިބުނި ކަންކަމަށް މަސައްކަތްކުރާ ކަމުގެ ހެކި އަނބިމީހާއަށް ދައްކަންޖެހޭނެއެވެ. ނޫންނަމަ އެކަން ޝަކުވާއެއްގެ ގޮތުގައި ސިކުނޑީގައި އަބަދުވެސް އޮންނާނެއެވެ.  

އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހުވަފެން ބަލާ މީހަކަށް ނުވުމަށާއި އަދި ހުވަފެން ދައްކާ މީހަކަށްވެސް ނުވުމަށެވެ. ދެކެން ބޭނުންވާ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތްކުރާ މީހަކަށް ވުމަށެވެ.  

ތަނަވަސްކަމުގައި އެންމެން އެއްވަރެއް ނުވެވޭނެއެވެ. އެއީ ޔަޤީންކަމެކެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ. މަސައްކަތްކުރީމާ އެމީހެއްގެ ދައުރު އަދާކުރެވުނީއެވެ. ދެއްވަވާނީ އިރާދަކުރައްވަވާ ވަރަކަށެވެ. އެކަން ޔަޤީންކޮށްގެން ހުންނަ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން