ސުއިޒާ
ހަމަ އެންމެ 5 ބާވަތް ބޭނުންކޮށްލައިގެން ތައްޔާރު ކޮށްލެވޭ މިބުއިމަކީ ހަށިގަނޑު ރިލެކްސް ކޮށްލުމަށާއި ނިދުމާއި އަދި ވިސްނުންވެސް ރަނގަޅު ކޮށްލަދޭ ބުއިމެކެވެ. އަދި މީގެ އިތުރުންވެސް ހަކުރައްޔާއި، ދަށް ބަނޑުގައި ރިއްސުން އަދި ބަނޑު ހަރުވުން ފަދަ ކަންކަންވެސް ރަނގަޅުކޮށްލަދެއެވެ.
ބޭނުންވާނެ ތަކެތި:
ހައިބިސްކަސް މާ
ބޭލީވްސް
ރޯސްމެރީ
ލެމަން ގްރާސް
ފޮނިތޮށި
2 ތަށި ފެން
ތެއްޔަކަށް ފެންފޮދު އަޅާލުމަށްފަހު ހައިބިސްކަސް މާ (ސައިމާ) ނޫން ހުރިހާ އެއްޗެއް ފެންފޮދު ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި 5 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު އުނދުން ނިއްވާލުމަށްފަހު ހައިބިސްކަން މާ ކޮޅު އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. 5 ވަރަކަށް މިނިޓް ވަންދެން ފޯ ކޮށްލަން ބަހައްޓާށެވެ.
ނިދުމުގެ 1 ގަޑިއިރު ކުރިން މީގެ ތައްޓެއްގެ ފެން ބޯލާށެވެ. ޖެހިޖެހިގެން 5 ދުވަސް ވަންދެން މިގޮތަށް ކަންތައް ކޮށްލާށެވެ. ފައިދާ ފެންނަންފަސާނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު