ޢާއިޝަތު ރަފާޙް ޢަލީ
ފިރިއެއްގެ ޙައިޘިއްޔަތުން، އަހަރެން އަނބިމީހާ ކައިރިއަށް ގޮސް ބުނަނީ، ކަނބުލޯ އަހަރެންނަށް ކިޔަމަންވާންޖެހޭނެއޭ، މިވެނި ކަމެއް ކުރަންޖެހޭނެއޭ، އެވެނި ކަމެއް ކުރަންޖެހޭނެއޭ، އަދި އަހަރެން ކުރަންޖެހޭ ކަންތައްތަކަށް އިހުމާލުވަނީއެވެ. ވަރި ގިނަވެ، ގިނަ މައްސަލަތަކެއް ކުރިމަތިވާ ސަބަބަކީ މިއީއެވެ.
އަންހެނެއްގެ އަސާސީ ހައްޤަކީ ގޭގެ ރާނީއަކަށް ވުމެވެ. އެހެންކަމުން އަހަރެމެން އަބަދުވެސް ސަމާލުކަން ދެނީ އަހަރެމެންނަށް އެންމެ މުހިންމު ކަންކަމަށެވެ. މީގެ ސަބަބުން ކައިވެނީގައި ހަމަހަމަކަން ގެއްލިގެންދެއެވެ. ފިރިއެއްގެ ޙައިޘިއްޔަތުން އަހަރެން އަނބިމީހާ ކައިރިއަށް ގޮސް ބުނަނީ، ކަނބުލޯ އަހަރެންނަށް ކިޔަމަންވާންޖެހޭނެއޭ، މިވެނި ކަމެއް ކުރަންޖެހޭނެއޭ، އެވެނި ކަމެއް ކުރަންޖެހޭނެއޭ، އަދި އަހަރެން ކުރަންޖެހޭ ކަންތައްތަކަށް އިހުމާލުވަނީއެވެ.
އެކަމުން މިއެނގެނީ "އަހަރެން" އަބަދުވެސް އިސްކަން އެދެނީ އަހަރެންގެ ހައްޤުތަކަށެވެ. އަދި "އަހަރެން" "އަހަރެން"ގެ ވާޖިބުތަކަށް އިހުމާލުވަނީއެވެ.
ވަރި ގިނަވެ، ގިނަ މައްސަލަތަކެއް ކުރިމަތިވާ ސަބަބަކީ މިއީއެވެ. ގިނަ އަންހެނުން އެމީހުންގެ ފިރިންގެ ޝަކުވާ ކުރަނީ އެމީހުންނަށް ލިބެންޖެހޭ ހައްޤުތައް ނުލިބޭތީއެވެ. އަދި ކީރިތި ރަސޫލާ ﷺ ވަނީ އަހަރެމެން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ސާފުކޮށް ބަޔާންކޮށްދެއްވަވާފައެވެ.
އަދި އެކަލޭގެފާނަކީ އަހަރެމެންގެ ނަމޫނާއެވެ. އެހެންކަމުން ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިއަނބަލުންނާއެކު މުޢާމަލާތު ކުރެއްވި ގޮތަށް ބަލައި، އެކަލޭގެފާނުގެ ފިޔަވަޅުފުޅުމަތިން ހިނގާ ކޮންމެ އިންސާފުވެރި މީހަކު ހުންނާނީ ސަލާމަތްކަން މަތީގައެވެ.
ފިރިމީހާގެ މައްޗަށް އަނބިމީހާއަށް ލިބިގެންވާ ހައްޤުތަކަކީ ކޮބައިހެއްޔެވެ؟ އަސާސީ ހައްޤުތަކަކީ—އަދި މިއީ އެންމެ ކުޑަމިންވަރެވެ—އަނބިމީހާއަށް ކާންދިނުމާއި، އަންނައުނު ދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އޭނާގެ ދީނީ ވާޖިބުތަކަށް ސަމާލުކަންދީ، އޭނާއަށް ގެއްލުމެއް ލިބިދާނެ ކޮންމެ ކަމަކުން އޭނާ ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.
މީގެ މާނައަކީ، ގިނަ އަޚުން ކަންތައް ކުރާ ގޮތާ ޚިލާފަށް، އޭނާ ލައްވައި މަސައްކަތް ކުރުވަން މަޖުބޫރު ނުކުރުމެވެ. އަދި އަހަރެން އަމިއްލައަށްވެސް މިފަދަ ކަންކަން ދެކުނީމެވެ.
އެހެންކަމުން އަންހެނެއްގެ އަސާސީ ހައްޤަކީ ގޭގެ ރާނީއަކަށް ވުމެވެ. އޭނާއަކީ ޚިދުމަތް ލިބެންޖެހޭ މީހާއެވެ. އޭނާއަކީ ޚަރަދުދީ، ރައްކާތެރިކަން ދޭންޖެހޭ މީހާއެވެ. އަދި ދިރިއުޅުން ބިނާކުރުމަށާއި އޭނާއަށް ޚަރަދުކުރުމަށްޓަކައި ބުރަކޮށް މަސައްކަތްކުރުމަކީ ފިރިހެނާގެ ވާޖިބެކެވެ.
- ޝއިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން