ދުނިޔެ އެދިގެން ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް އާޚިރަތް މަތިން ހަނދާންނެތޭވަރަށް ބިޒީނުވާށެވެ! ރިޒުޤް ހޯދަން މަސައްކަތްކުރާށެވެ! އެކަމަކު އެންމެ ނަމާދެއްވެސް އަޅައިގެންނުވާނެއެވެ.
އަނބިދަރިންނާ ޢާއިލާއާއެކު އުފާކުރާށެވެ! އެކަމަކު ހިނދުކޮޅަކަށްވެސް ތިބާ އުފެއްދެވި ފަރާތް (ﷲ)ގެ މަތިން ހިނދުކޮޅަކަށްވެސް ހަނދުމަނެތިނުކުރާށެވެ! މުސްތަޤްބަލަށް އެދިގެން މަސައްކަތްކުރާށެވެ! އެކަމަކު އާޚިރަތްމަތިން ހަނދާންކުރަމުންނެވެ. ދުނިޔެއަކީ ވަޤުތީ ތަނެކެވެ. ދާއިމީ މަންޒިލަކީ އާޚިރަތެވެ.
އަދިވެސް ހަނދާންކުރާށެވެ! ހެޔޮލަފާ އެކުވެރިން ގިނަވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އަނބިދަރިން ގޭގައި ތިމާގެ އިންތިޒާރުގައި އެބަތިބިކަން ހަނދާންކުރަންވާނެއެވެ. ހިތްހަމަޖެހިގެން އުފަލުގައި ހުރެވޭނީ އެއިރުންނެވެ.
ދުޢާ!
ޔާ ﷲ! އަޅަމެންގެ ޙަޔާތުގައި ބަރަކާތް ލައްވަވާނދޭވެ! އަޅަމެންގެ އިމާންކަން ވަރުގަދަކޮށް ހިތުގައި ރައްކައުތެރިކޮށްދެއްވަވާނދޭވެ! އަޅަމެން ދުނިޔޭގައި ހޭދަކުރަން ދެއްވަވާ ކޮންމެ ދުވަހަކީ އިތުރަށް ސުވަރުގެއާއި ކައިރިވެވޭ ދުވަހެއް ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! އެނގިހުރެގެންނާއި ނުއެނގުހުރެ މިއަޅާއަށް ކުރެވޭ ހުރިހާ ފާފަތައް ޢަފޫކޮށްދެއްވަވާނދޭވެ! ފާފައެއް ނުކޮށް ހުރުމުގެ ހތްވަރު މިއަޅާއަށް ދެއްވަވާނދޭވެ! އާމީން
- މުފްތީ މެންކުގެ ދަރުސަކުން