ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް އެއީ ރަނގަޅުކަމެއް ކަމަށް ޝައްކުވާ އެއްވެސް ކަމެއް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް އެއީ ރަނގަޅުކަމެއް ކަމަށް ޝައްކުވާ އެއްވެސް ކަމެއް ނުކުރާށެވެ!

މީހަކު ރަސޫލާ ﷺ އަށް ދެންނެވިއެވެ.  

"އީމާން ކަމަކީ ކޮބައިތޯއެވެ؟ " ޙަދީޘް ކުރެއްވެވިއެވެ. "ތިބާގެ ހެޔޮކަމާއިމެދު އުފާކޮށް, ނުބައިކަންތަކާއި މެދު ހިތާމަކުރާނަމަ ތިބާ އަކީ މުއިމިނެކެވެ."  

އެމީހަކު ދެންނެވިއެވެ. "اللهގެ ރަސޫލާ އެވެ. ފާފަ އަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވެވިއެވެ. "ތިބާގެ ނަފްސުގައި އެއީ ރަގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ޝައްކު އުފެދިއްޖެ ކޮންމެ ކަމެއް ނުކޮށް ދޫކޮށްލާށެވެ".  

އަހުރެމެންނަކީ މުސްލިމުންނެވެ. ހިތްހަމަޖެހުން ހޯދަންވެސް ކުރަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަންކަމެވެ. ވީމާ ކުރަންވާނީ އެކަމެއް ކުރުމުން ﷲ ތަޢާލާ ތިމާއަށް ރުހިވޮޑިގެން ތިމާއަށް ހެޔޮ ރަޙްމަތް ލައްވަވާނެ ކަންކަމެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ ﷲ ތަޢާލާއަށް ޙަމަދުކުރަންވާނެއެވެ. އުފާވެސްކުރަންވާނެއެވެ.  

ދެން ވިސްނައިލަންވީ ފާފައެއް ކުރެވުމަށެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަމަށް ދެރަވެ ހިތާމަކުރަންވާނެއެވެ. ތައުބާވާންވާނެއެވެ.  

ދެން ބަލައިލަންވީ ޙަދީޘްފުޅުގެ ދެވަނަ ބައަށެވެ. ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް އެއީ ހެޔޮކަމެއް ކަމަށް ތިމާއަށް ޝައްކުވާ އެއްވެސް ކަމެއް ނުކުރާށެވެ. އަހުރެމެންނަށް އޮތީ ފާފައަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ.  

މިގޮތުގައި ހުރެވިއްޖެ މީހަކަށް އާޚިރަތް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން