ލޮލުގެ ފެނުން ރަނގަޅުވުމުގެ އިތުރަށް ލިވާ އާއި ކިޑްނީގެ މަސައްކަތްތަކަށްވެސް އެހީތެރިވެދޭ ވަރަށް ލުއި ފަރުވާއެއް!

ކިޔުމަށް ހޭދަވާނީ 46ސ
ލޮލުގެ ފެނުން ރަނގަޅުވުމުގެ އިތުރަށް ލިވާ އާއި ކިޑްނީގެ މަސައްކަތްތަކަށްވެސް އެހީތެރިވެދޭ ވަރަށް ލުއި ފަރުވާއެއް!

ސިއުޒާ

 

ތިބައަށް ފާހަގަ ނުކުރުވެނު ނަމަވެސް ތިބާގެ ލޮލުގެ ހާލަތު ގޯސް ވަމުން ދެއެވެ. އެހެނަސް ވަރަށް އާދައިގެ އެއްޗެއް ތައްޔާރު ކޮށްލައިގެންވެސް ތިބާގެ ލޮލުގެ ފެނުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދެވިދާނެއެވެ. 

ބޭނުންވާނެ ތަކެތި:

1 ކެރެޓް

1 ލުނބޯގެ ހުތް

3 ސަމުސާ މާމުއި 

ކެރެޓް ގާނާލާށެވެ. އަދި ފުޅިއަކަށް އަޅާލުމަށް ފަހު އޭގެ ތެރެއަށް ލުނބޯގެ ހުތް ފޮދު އަދި މާމުއި ފޮދު އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލާފައި 24 ގަޑިއިރު ވަންދެން މަތި ޖަހާލާފައި ބަހައްޓާށެވެ. އެއަށް ފަހު ދުވާލަކު މީގެ 1 ސަމުސާ ބޭނުންކޮށްލާށެވެ. 

މި ބޭނުން ކުރާ މީހުން ބުނާ ގޮތުން، ބޭނުން ކުރާތާ ދުވަސްކޮޅެއްގެ ތެރޭގައި ލޮލުގެ ފެނުން އިތުރަށް ރަނގަޅު ވެގެން ދެއެވެ.  

މީގެ އިތުރުންވެސް މިއީ ލިވާ އަދި ކިޑްނީގެ މަސައްކަތްތަކަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. އަދި ހަންގަނޑަށްވެސް ގުދުރަތީ ރީތިކަން ގެނެސްދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން