އެމީހެއްގެ ސަބަބުން އެމީހަކަށް ދެރަގޮތް މެދުވެރިވާ މީހުން ގިނަވާކަމީ ހިތާމަހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެމީހެއްގެ ސަބަބުން އެމީހަކަށް ދެރަގޮތް
މެދުވެރިވާ މީހުން ގިނަވާކަމީ ހިތާމަހުރިކަމެއް!


ބައެއް މީހުންނަށް ދެރަގޮތް މެދުވެރިވަނީ އެމީހުންގެ ސަބަބުން ކަމަށް ބުނެފިނަމަ އެއީ ކިހިނަކުންވާނެ ކަމެއްތޯ ސުވާލުކުރާނެ ބައަކު ތިބޭނެއެވެ. މަސައްކަތް މިކުރަނީ އެކަން އޮޅުންފިލުވައިދިނުމަށެވެ.

އިންސާނާ ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ފަދައިން އިންސާނުންނަށް ކުރިމަތިވާ ޙާލަތުގައި އިންސާނާ އަމަލުކުރާ ގޮތްވެސް ﷲ ބައްލަވައިވޮޑިގެންވެއެވެ. ކެތްތެރިވެ ސާބިތުވާ މިންވަރުވެސް ބައްލަވައިވޮޑިގެންވެއެވެ. ޔަޤީންކުރަންވީ އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތުޖެހުމުން ނުވަތަ އެކަމަށް ލިޔުއްވަވާފައިވާ ވަޤުތު ޖެހުމުން ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ވަކީލްކުރުމަކީ އެއީއެވެ.

ދުނިޔޭގައި އުޅޭއިރު ތަފާތު ކަންކަތައްތައް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް މާޔޫސް ނުވާށެވެ! މާޔޫސްވެ އުންމީދު ކަނޑައިލުމަކީ ދެއްވަވަން ހުރި ނިޢްމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމެކެވެ. ވީމާ އެއްވެސް މީހަކު މާޔޫސްވެ އުންމީދު ކަނޑައިނުލާށެވެ! 

ބައެއް މީހުން މާޔޫސްވަނީ ވަޒީފާ ނުލިބުމާއި އަތްމަތިދަތިވުން ފަދަ ކަންކަމާއި ގުޅިގެންނެވެ. އާމްދަނީ ނުލިބިދާނެ ކަމުގެ ބިރަށެވެ. ނިކަމެތިވެދާނެ ކަމުގެ ބިރަށެވެ. މިއީ ކޮންމެ މީހަކަށް ވެސް ކަންބޮޑުވެވޭނެ ކަމެކެވެ. ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ޙައްލުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުކުރާށެވެ!

ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ދަތިޙާލުވެސް ކުރިމަތިވާނެ ކަމެވެ. ހަމައެއާއިއެކު ދަތިޙާލަކީ އިމްތިޙާނެއް ކަމާއި ދަތިހާލުން ސަލާމަތް ކުރައްވަވާނެކަންވެސް ޔަޤީން ކުރާށެވެ! އިންތިހާނުން ފާސްވާނީ އެއިރުންނެވެ.

ކުރިމަތިވާ ދަތިތަކުން އަރައިގަނެވޭނެ ގޮތް އަހަރެމެންނަށް ނުއެނގިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ މުސްތަޤްބަލު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ކަމެކެވެ. އެކަންކަން މިހާރުވެސް ވަނީ ލިޔުއްވަވާފައި ކަމާއި ކަންކަން ހިނގަމުންދާނީ ތަޤްދީރުގައިވާ ގޮތަށް ކަމެވެ.

އެމީހެއްގެ ސަބަބުން އެމީހަކަށް ދެރަގޮތް މެދުވެރިވާ މީހުންނަކީ ކަންކަން ކުރިމަތިވުމުން އަހުރެން މިބަޔާންކުރި މަގުން ނުވިސްނާ މީހުންނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ނާއުންމީދުވާ މީހުންނެވެ. ވަކީލްނުކުރެވޭ މީހުންނެވެ. އެފަދަ މީހުން ގިނަވާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

--މުފްތީ މެންކްގެ ދަރުސަކުން  

 

މިއަދު އޮންލައިން