ފާފަ ކުރެވޭތީ އޮތީ ބިރުން ހުރުމެއް ނޫން! މިއާޔަތަށް ޢަމަލުކުރީމާ އެމީހަކަށް އޮންނާނީ ސަލާމަތްކަމާ އުފާވެރިކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފާފަ ކުރެވޭތީ އޮތީ ބިރުން ހުރުމެއް ނޫން! މިއާޔަތަށް ޢަމަލުކުރީމާ އެމީހަކަށް އޮންނާނީ ސަލާމަތްކަމާ އުފާވެރިކަން! އިން ޝާ ﷲ

ހިތްވަރު ލިބިގަންނަންވީ މި އާޔަތުގައިވާ އުފާވެރި ޚަބަރުންނެވެ. "ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ." އޮތް ވަޙީ ބަސްފުޅުންނެވެ! ފުރަތަމަވެސް މިބުނީ އެކަމުގެ ވާހަކައެވެ. ތިމާ ގާތަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ބަލައިދާން ބުނުމަކީ އިންސާނުންގެ ތެރެއިން ވަރަށް މަދު މީހަކު ނޫނީ ކުރާ ކަމެއް ނޫނެވެ. އެހެނަސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިމިވަނީ ތިމަން ﷲ ގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން އައުމަށެވެ. ގިނަގިނައިން ތައުބާވުމަކީ އެއީއެވެ. އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމެވެ. ހަމަރުޖޫޢަވާއިރަށް ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގަ އޮތީ މިފަދައިންނެވެ.  

"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ."

(އައްނަޞްރު: 3) 

މިއީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން މިއާޔަތުން އެނގިގެންދެއެވެ. ވީމާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ މި އަމުރުފުޅަށް ތިމާ ކިޔަމަންތެރިވުމާއިއެކު އެހެން މީހުންނަށްވެސް އެކަމަށް ނަޞޭޙަތްތެރިވާށެވެ! ހިތްވަރުދީ ވާގިވެރިވާށެވެ! ގިނަގިނައިން ހަނދުމަ ވެސް ކޮށްދޭށެވެ!   

އިންސާނުންނަކީ ފާފަކުރެވޭނެ ބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ ފާފަ ނުކުރާ މީހަކަށްވުމަށެވެ. ފާފަކުރެވުމާއި ފާފަ ކުރުމަކީ ހަމަ މުޅިން ދެކަމެކެވެ.  

ކޮންމެ މީހަކުވެސް އެންމެ ގިނައިން ކުރަން އޮތް އެއް ކަމަކީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. ﷲ ތަޢާލާއަށް ޙަމްދުކުރުމާއިއެކު ތަސްބީޙަކިޔުން ގިނަކުރުމާއިއެކުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން