ފުރިހަމަ ޞިއްޙަތަކަށް އެންމެ މުހިންމީ ދުރުހެލިވާންޖެހޭ ސިފަތަކާ ދުރުހެލިވުން! ފައިދާހުރި ކާނާއާ ޑައިޓްކުރުމާ ކުރާ ކަސްރަތުގެ ނަތީޖާ ފެންނާނީ އެއިރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފުރިހަމަ ޞިއްޙަތަކަށް އެންމެ މުހިންމީ ދުރުހެލިވާންޖެހޭ
ސިފަތަކާ ދުރުހެލިވުން! ފައިދާހުރި ކާނާއާ ޑައިޓްކުރުމާ ކުރާ ކަސްރަތުގެ ނަތީޖާ
ފެންނާނީ އެއިރުން!


ބައެއް މީހުންކަނީ ޞިއްހަތަށް ފައިދާހުރި ކާނާއެވެ. ޑައެތްވެސް ކުރެއެވެ. ކަސްރަތުވެސް ކުރެއެވެ. އަދި ބޭސްވެސް ކައެވެ. އެކަމަކު އުޅެންޖެހެނީ ބަލިތަކުން ސަލާމަތްނުވެވިގެންނެވެ. އެކަން އެގޮތަށް މެދުވެރިވެފައިވާ މީހުން އަހުރެން މިދައްކާ ވާހަކައަށް ސަމާލުކަންދޭށެވެ.

ޞިއްޙީ ދުޅަހެޔޮކަން ހޯދުމަށްޓަކައި ގިނަ ބައަކު ހުރިހާ ސަމާލުކަމެއް ދެނީ ކަސްރަތުކުރުމަށާއި ފައިދާހުރި ކާނާ ކެއުމަށާއި ޑައިޓްކުރުން ފަދަ ކަންކަމަށެވެ. ފުރިހަމަ ޞިއްޙަތަކަށްޓަކައި ތިމާ ދުރުހެލިވާންޖެހޭ ސިފަތަކަށް ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. 

ހާސްވުމާއި ނުތަނަވަސްކަން އިޙްޞާޞްވުމާއި ރުޅިއާއި އެހެން މީހުން ކުށްވެރިކުރުމާއި ހިތް ނުއެދޭ ކަމެއް މެދުވެރިވުމުން ރުޅިއައުމާއި އެފަދަ ކަމެއް މެދުވެރިވުމުން މާޔޫސްވުމާއި ކަންބޮޑުވުމާއި އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ދަހިވެތިވުމާއި އެހެން މީހުންނަށް ނަފްރަތުކުރުމުން ސަލާމަތްވާށެވެ!  

މިއީ މީހުންނަށް ޖެހޭ ބަލިތަކެކެވެ. އަދި ޞިއްޙީ ބަލިތައް ޖެހުމަށް މަގުފަހިވާ ސަބަބުތައްވެސްމެއެވެ. މިބަލިތަކުން މީހާ ސަލާމަތްވެ ހުރެއްޖެ ނަމަ އެމީހާއަށް ޞިއްޙީ ދުޅަހެޔޮކަން އިތުރުވާނެއެވެ. އަމާންކަމާއި ހިތްހަމަޖެހުން ލިބޭނެއެވެ. އަދި އާޚިރަތް ލިބެން ވެސް މަގުފަހިވާނެއެވެ. އިން ޝާ ﷲ.

ވީމާ މި ބަޔާންކުރި ކަންކަމުން ދުރުހެލިވެ ސަލާމަތްވެހުރުމަށް މިއަދު މަސައްކަތް ފަށާށެވެ! މާދަމާއަށް ލަސްނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން