އަނބިމީހާއާ މަޝްވަރާކުރުމަކީ އިސްމީހާގެ ދަރަޖަ ފިރިމީހާއަށް ގެއްލޭ ކަމެއް ނޫން! އެކަމުން ދަރަޖަ ވާނީ މަތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަނބިމީހާއާ މަޝްވަރާކުރުމަކީ އިސްމީހާގެ ދަރަޖަ ފިރިމީހާއަށް ގެއްލޭ ކަމެއް ނޫން! އެކަމުން ދަރަޖަ ވާނީ މަތި!

ފުރަތަމަ ބަލައިލަންވީ ދީނުގައި އޮތް ގޮތަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މަޝްވަރާކޮށްގެން ކަންކަން ކުރުމަށެވެ. ސުންނަތުގައި އޮތީ އަނބިމީހާގެ އަގުވަޒަންކޮށް މަޝްވަރާކޮށްގެން ކަންކަން ކުރުމަށެވެ.  

އަދިވެސް ވިސްނައިލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައީ އެންމެ މާތް، އެންމެ މަތިވެރި އިންސާނާއެވެ. އެހެންކަމާއިއެކުވެސް ކަންކަމުގައި އަނބިކަނބަލުންނާއި މަޝްވަރާ ކުރެއްވެވިއެވެ. އެކަނބަލުން އެރުވި މަޝްވަރާއަށް ޢަމަލުފުޅު ކުރެއްވެވިއެވެ. މިއީ ޙަދީޘްފުޅުތަކުން ޘާބިތުވާންހުރި ކަންކަމެވެ.  

ކަންކަމަށް މަޝްވަރާކުރުމާއި ގޮތް ނިންމުމަކީ މުޅިންތަފާތު ދެކަމެކެވެ. ޢާއިލާގެ އިސްމީހާގެ ޙައިޞިއްޔަތުން ކަންކަމުގައި ގޮތް ނިންމިދާނެއެވެ. މަޗްވަރާކުރީމާ ކުރާނެ ފައިދާއަކީ ތިމާގެ ވިސްނުމަސްވުރެ ފައިދާހުރި ގޮތެއް އަނބިމީހާގެ ކިބައިން އެނގުމެވެ. އެޙާލަތުގައި އޮތީ ގޮތް ދޫކޮށް އެންމެ ފައިދާހުރި ގޮތަށް ކަންކަންކުރުމެވެ.  

ދެން ބަލަންވީ ނަތީޖާއަށެވެ. އުފަލުގައި ދިރިއުޅެވެނީވެސް ކަންކަމުގައި ކުރިއަރައި ދެވެނީވެސް މަޝްވަރާކޮށްގެން ކަންކަން ނިންމާ ދެމަފިރިންނަށެވެ. ވީމާ އަހުރެންގެ ނަޞީޙަތަކީ ކޮންމެ ކަމަކަށްވެސް ދެމަފިރިން މަޝްވަރާކުރުމެވެ. ދީނުގައި އޮތް މަގުން ދިރިއުޅެން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން