އެއްދުވަހަކު އަހަރެންގެ ދަރިފުޅު ސުވާލެއް ކުރިއެވެ. ބުންޏެވެ. މާންމާއެވެ! ބައްޕަ ދާ ތަނަކާއި ނޫނީ ކޮންބަޔަކާ އެއްކޮށްކަން ވަޤުތު ހޭދަކުރަނީ، މި ކަންކަމާ މަންމަ ކަންބޮޑު ނުވަނީ ކީއްވެތޯއެވެ. އަހަރެން ބުނީމެވެ. މަންމަ ކަންބޮޑު ނުވެއޭ ބުނީ ކާކު ހެއްޔެވެ؟ ދުރިފުޅު ބުންޏެވެ. މަންމަ ދުވަހަކުވެސް ބައްޕައާ ސުވާލެއް ނުކުރަމުއެވެ. އަދި ކޮބައިތޯ ބަލަން ގުޅައެއްވެސް ނުހަދައެވެ. އަދި ގެއަށް ލަހުން އައުމުންވެސް ކަންބޮޑުވާހެނެއް ހިޔެއް ނުވެއެވެ.
އަހަރެން ހިނިތުން ވެލާފައި ބުނީމެވެ. އަހަރެން މިގޮތަށް ނޫޅޭ ދުވަސްވަރެއްވެސް ދިޔައެވެ. އަހަރެމެންގެ ކައިވެނީގެ ކުރީކޮޅުގައި، ލަހުން ގެއަށް އަންނަ ކޮންމެ ރެއަކީ އަހަރެންގެ ހިތުގައި ތޫފާނެއް އުފެދޭ ކަހަލަ ރެއެކެވެ. ބައްޕަގެ ފޯނު ރިންގުވާން ފަށައިފިނަމަ އަހަރެންގެ ސިކުނޑީގައި ފާޑު ފާޑުގެ ޚިޔާލުތައް އުފެދެން ފަށައެވެ. އަހަރެން ކެއްކުރީމެވެ. ވަރަށްބޮޑަށް ވިސްނައި ފިކުރުވެސް ކުރީމެވެ. އަދި މަޑުމަޑުން އަހަރެންގެ އަމިއްލަ ނަފްސުގެ ސުލްހަ ގެއްލެން ފެށިއެވެ.
އެހާހިސާބު އެއްދުވަހަކު އަހަރެންނަށް އެއްޗެއް އޮޅުފިލިއެވެ. އަހަރެން އުފުލަމުން އައީ އަހަރެންނަށް ޙައްޤު ނޫން ބުރައެކެވެ. މީހެއްގެ ސިފައަކީ އެމީހެއްގެ އެއްޗެކެވެ. އަހަރެންގެ އެއްޗެއް ނޫނެވެ. މީހަކު ތެދުވެރިކަން ނުވަތަ ބޭވަފާތެރިކަން އިޚްތިޔާރު ކުރުން އެއީ އެމީހަކު އަމިއްލައަށް ﷲ އަށްޓަކައި އަދި އޭނާގެ އަމިއްލަ ނަފްސަށްޓަކައި ނިންމާ ނިންމުމެކެވެ.
ދެރަވޭހެއްޔެވެ؟ އާނއެކެވެ. ދެރަވެއެވެ. އަހަރެމެންނަކީ އަންހެނުންނެވެ. އަހަރެމެން ލޯބިވަނީ ވަރަށް ފުންކޮށެވެ. އިޙްސާސްތައްވެސް ހަމަ އެހާ ފުންކޮށް ކުރެވެއެވެ. އެކަމަކު އެހެން އަންހެނުން އަދި އަޑުނާހާކަމެއް އަހަރެން ހޯދައިފީމެވެ. ރިޙުމާއި ސުލްޙަ އެއްހިތެއްގެ ތެރޭގައި ގެންގުޅެވިދާނެ ކަމެވެ. ސުވާލަކީ އޭގެން ކޮން އެއްޗަކަށްތޯ ތިބާ ކޮންމެ ދުވަހަކު ކާންދެނީ؟ ބުނެލަން ފަސޭހަވިޔަސް ކުރަން އުނދަގޫވާނެ ކަމަށް ތިބާއަށް ހީވެދާނެއެވެ.
އުޚުތުންނޭވެ. އެނގެއެވެ. ސަބަބަކީ އިތުބާރަކީ އެންމެ ރެއަކުން ހޯދޭ އެއްޗެއް ނޫނެވެ. އެއީ ކޮންމެ އުނދަގޫ ފިލާވަޅާކާއި އެކު މަޑުމަޑުން އުފެދެމުން އަންނަ އެއްޗެކެވެ. މިއަދު ހުރިހާ އުޚުތުންނަށް މި ބުނެދެނީ އަހަރެން ގާތުގައި މީހަކު މާކުރިން ބުނެދިންނަމައޭ ހިތަށް އަރާ ވާހަކައެކެވެ.
"ތިބާގެ އަމިއްލަ ދިރިއުޅުން މަތިން ހަނދާންނެތޭ ވަރަށް، އެހެންމީހެއްގެ ދިރިއުޅުން ބެލުމުގައި ވަޤުތު ހޭދަނުކުރާށެވެ."
ފިރިހެނަކު ތެދުވެރިނަމަ، ތިބާ ހުއްޓުމެއްނެތި ފިކުރު ކުރުމަކުން އޭނާ އެއަށްވުރެ އިތުރަށް ތެދުވެރިއެއް ނުކުރެވޭނެއެވެ. އަދި އޭނާ އެހެން މަގެއް އިޚްތިޔާރު ކޮށްފިނަމަ ތިބާގެ ނިދި ގޭއްލުވާލައިގެން ކުރާ ކަމަކުން އޭނާގެ ނިންމުން ބަދަލެއްވެސް ނުކުރެވޭނެއެވެ.
އެހެނަސް ތިބާގެ އަތްމަތީގައިވެސް ﷲ ކަންތައްތަކެއް ލައްވާފައިވެއެވެ. ތިބާގެ އަގު، ތިބާގެ ސުލްޙަ، ތިބާގެ މަޤްޞަދު، ތިބާ ހެއްދެވި ފަރާތާއި އޮތް ގުޅުން، ދިރިއުޅުން އެންމެ ފުރިހަމަ ނުވި ނަމަވެސް ތިބާ ބިނާކުރަން ބޭނުންވާ އުފާވެރިކަމެވެ.
އެހެންމީހެއް ހިފަހައްޓަން އުޅެން ހަދައިގެން ތިބާއަށް ތިބާގެ އަމިއްލަ ނަފްސު ގެއްލިގެންދާ ދުވަހަކީ، ތިބާއަށް މާ މުހިއްމު އަގުހުރި އެއްޗެއް ގެއްލިގެން ދާނެ ދުވަހެކެވެ.
ޙަޔާތުގައި އެންމެ ބޮޑެތި ތޫފާންތައް އައިސްފައި ދާއިރުވެސް އަންނުންނަށް ކޮޅަށް ހުރެވެނީ ކީއްވެކަން ތިބާއަށް އެނގޭތޯ؟
އެއީ އެމީހުން ނުރޯތީއެއް ނޫނެވެ. އަދި އެމީހުން މާޔޫސް ނުވާތީއެއްވެސް ނޫނެވެ. ސަބަބަކީ އެމީހުންގެ އުފާވެރިކަން އެހެން މީހެއްގެ މައްޗަށް ބަރޯސާވެގެން ނުވާނެކަން އެމީހުން ދަންނާތީއެވެ.
އުޚުތުންނޭވެ. ދުނިޔެ އަބަދުވެސް އަޑުގަދަވާނެއެވެ. އެހެން މީހުން ތިބާ މާޔޫސް ކުރުވާނެއެވެ. ހުވާތައް ފުނޑުފުނޑު ވާނެއެވެ. ހިތްތައް ޢިމްތިހާނު ކުރެވޭނެއެވެ. ނަމަވެސް ތިބާގެ ސުލްޙަޔަކީ ތިބާގެ އަމިއްލަ ނަފްސުން އަންނަ އެއްޗެއް ނަމަ، ތިބާގެ އަގު އެހެން މީހެއްގެ އިޚްތިޔާރަކަށްވުރެ މާ ކުރީގައިވާކަން ތިބާއަށް އެނގުނަސް ދިރިއުޅުން ތިބާ ގުޑުވާލަ ފާނެއެވެ. ނަމަވެސް ތިބާ ފުނޑު ފުނޑުފުނޑުކޮށެއް ނުލެވޭނެއެވެ.
އެހެންކަމުން، ތިބާގެ ދިރިއުޅުން އެހެންމީހުންގެ ފުށުން ސުލްޙަ ހޯދުމުގައި ބޭކާރު ނުކޮށްލާށެވެ. ތިބާގެ އަމިއްލަ ނަފްސުގައި އެކަން ބިނާ ކުރާށެވެ. ސަބަބަކީ ތިބާގެ އަމިއްލަ ނަފްސުގައި ސުލްޙަވާނަމަ، ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިއަސް، ތިބާ އެނބުރި އަންނާނެ ގެއެއް ވާނެއެވެ. އެއީ ތިބާގެ ހިތެވެ.
- އުސްތާޛާއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް