ޙަދީޘް: ފާޠިމަތުގެފާނު ހައިހޫނުކަމުގައި ހުންނަވައިގެން 5 ބަކަށްޓަށްވުރެ ބޭނުންފުޅުވި 5 ކަލިމަ-

ކިޔުމަށް ހޭދަވާނީ 12މ 10ސ
ޙަދީޘް: ފާޠިމަތުގެފާނު ހައިހޫނުކަމުގައި ހުންނަވައިގެން 5 ބަކަށްޓަށްވުރެ ބޭނުންފުޅުވި 5 ކަލިމަ-

ޢާއިޝަތު ރަފާޙް ޢަލީ

  

حَدَّثَنَا أَبُو حَفْصٍ عُمَرُ بْنُ أَحْمَدَ الْقَرَضِيُّ، قِرَاءَةً عَلَيْهِ، ثنا أَبُو بَكْرِ بْنُ أَبِي عَلِيٌّ الْقَاضِي، حَدَّثَنَا الْقَاضِي أَبُو مُحَمَّدٍ، عَمُّ أَبِي، ثنا مُحَمَّدُ بْنُ نُصَيْرٍ أَبُو عَبْدِ اللَّهِ، ثنا إِسْمَاعِيلُ بْنُ عَمْرٍو الْبَجَلِيُّ، ثنا سُفْيَانُ، عَنْ عَبَدَةَ بْنِ أَبِي لُبَابَةَ، عَنْ سُوَيْدِ بْنِ غَفْلَةَ، قَالَ: أَصَابَتْ عَلِيًّا خَصَاصَةٌ.

فَقَالَ لِفَاطِمَةَ رَضِيَ اللَّهُ عَنْهَا: لَوْ أَتَيْتِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَأَلْتِيهِ.

فَأَتَتْهُ، وَكَانَ عِنْدَ أُمِّ أَيْمَنَ، فَدَقَّتِ الْبَابَ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لأُمِّ أَيْمَنَ: «إِنَّ هَذَا لَدَقُّ فَاطِمَةَ، وَلَقَدْ أَتَتْنَا فِي سَاعَةٍ مَا عَوَّدَتْنَا أَنْ تَأْتِيَنَا فِي مِثْلِهَا، قُومِي فَافْتَحِي لَهَا».

قَالَتْ: فَفَتَحْتُ لَهَا الْبَابَ.

فَقَالَ: «يَا فَاطِمَةُ لَقَدْ أَتَيْتِنَا فِي سَاعَةٍ مَا عَوَّدْتِنَا أَنْ تَأْتِيَنَا فِي مِثْلِهَا».

فَقَالَتْ: يَا رَسُولَ اللَّهِ هَذِهِ الْمَلائِكَةُ طَعَامُهَا التَّهْلِيلُ وَالتَّسْبِيحُ وَالتَّحْمِيدُ، فَمَا طَعَامُنَا؟ فَقَالَ: «وَالَّذِي بَعَثَنِي بِالْحَقِّ مَا اقْتُبِسَ فِي آلِ مُحَمَّدٍ نَارٌ مُنْذُ ثَلاثِينَ يَوْمًا، وَقَدْ أَتَتْنَا أَعْنُزٌ، فَإِنْ شِئْتِ أَمَرْتُ لَكِ بِخَمْسَةِ أَعْنُزٍ، وَإِنْ شِئْتِ عَلَّمْتُكِ خَمْسَ كَلِمَاتٍ عَلَّمَنِيهِنَّ جِبْرِيلُ آنِفًا».

قَالَتْ: بَلَى عَلِّمْنِي خَمْسَ كَلِمَاتٍ الَّتِي عَلَّمَكَهُنَّ جِبْرِيلُ.

قَالَ: " قُولِي: يَا أَوَّلَ الأَوَّلِينَ، وَيَا آخِرَ الآخِرِينَ، وَيَا ذَا الْقُوَّةِ الْمَتِينَ، وَيَا رَاحِمَ الْمَسَاكِينِ، وَيَا أَرْحَمَ الرَّاحِمِينَ ".

قَالَ: فَانْصَرَفْتُ حَتَّى دَخَلْتُ عَلَى عَلِيٍّ رَضِيَ اللَّهُ عَنْهُ، فَقَالَ: مَا وَرَاءَكِ؟ فَقَالَتْ ذَهَبْتُ مِنْ عِنْدِكَ إِلَى الدُّنْيَا، وَأَتَيْتُكَ بِالآخِرَةِ.

فَقَالَ: خَيْرُ أَيَّامِكِ، خَيْرُ أَيَّامِكِ.

وَهَذَا أَيْضًا عَزِيزُ الإِسْنَادِ وَالْمَتْنِ، وَسُفْيَانُ هُوَ الثَّوْرِيُّ.

މިއީ އެ ޙަދީޘްގެ ދިވެހި ތަރުޖަމާއެވެ:

ސުވައިދު އިބްނު ޣަފަލާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ޢަލީގެފާނަށް (ރަޟިޔަﷲ ޢަންހު) ތަދުމަޑުކަމާއި ފަގީރުކަމެއް ކުރިމަތިވިއެވެ.

ފަހެ، އެކަލޭގެފާނު ފާތިމަތުގެފާނަށް (ރަޟިޔަﷲ ޢަންހާ) ވިދާޅުވިއެވެ: "ކަމަނާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ވަޑައިގެން (އެހީތެރިކަމަކަށް) އެދިވަޑައިގެންނެވި ނަމަ ކިހާ ރަނގަޅުހެއްޔެވެ؟"

ފަހެ، އެކަމަނާ އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެވަގުތު އެކަލޭގެފާނު އިންނެވީ އުންމު އައިމަނުގެފާނުގެ އަރިހުގައެވެ. ފާތިމަތުގެފާނު ދޮރުގައި ޓަކިޖައްސަވައިފިއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުންމު އައިމަނުގެފާނަށް ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން އެއީ ފާތިމަތުގެފާނުގެ ޓަކީގެ އަޑެވެ. އަދި އެކަމަނާ އެވަޑައިގަތީ އާންމުކޮށް ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާ ވަގުތެއް ނޫނެވެ. ތެދުވެވަޑައިގެން އެކަމަނާއަށް ދޮރު ހުޅުވައިދެއްވާށެވެ."

އުންމު އައިމަނުގެފާނު ވިދާޅުވިއެވެ: ފަހެ، ތިމަންކަނބުލޭގެ އެކަމަނާއަށް ދޮރު ހުޅުވައިދިނީމެވެ.

ފަހެ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "އޭ ފާތިމަތުގެފާނެވެ! ކަމަނާ ތިވަޑައިގަތީ އާންމުކޮށް ވަޑައިގަންނަވާ ވަގުތެއްގައެއް ނޫނެވެ." 

ފަހެ، އެކަމަނާ ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! މަލާއިކަތްބޭކަލުންގެ ކެއުމަކީ ތަހުލީލު (لا اله ألا ﷲ) އާއި، ތަސްބީޙަ (سبحان ﷲ) އާއި، ތަޙްމީދު (الحمدلله) އެވެ. ފަހެ، އަޅުގަނޑުމެންގެ ކެއުމަކީ ކޮބައިތޯއެވެ؟"

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "ޙައްޤު ގޮތުގައި ތިމަންކަލޭގެފާނު ފޮނުއްވި ފަރާތް ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ގޭގައި އަލިފާނެއް (ކެއްކުމަށް) ރޯނުކުރާތާ ތިރީސް ދުވަސް ވެއްޖެއެވެ. އަދި މިހާރު އަޅުގަނޑުމެންނަށް ބަކަރިތަކެއް ލިބިފައިވެއެވެ. ފަހެ، ކަމަނާ އެދިވަޑައިގަންނަވާނަމަ ފަސް ބަކަރި ދެއްވުމަށް ތިމަންކަލޭގެފާނު އަމުރުކުރައްވަފާނުއެވެ. އަދި ކަމަނާ އެދިވަޑައިގަންނަވާނަމަ، ކުޑައިރުކޮޅެއް ކުރިން ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް އުގަންނައިދެއްވި ފަސް ކަލިމަ ކަމަނާއަށް އުގަންނައިދެއްވަފާނުއެވެ."

އެކަމަނާ ދެންނެވިއެވެ: "ނޫނެކެވެ. ޖިބްރީލްގެފާނު ކަލޭގެފާނަށް އުގަންނައިދެއްވި ފަސް ކަލިމަ އަޅުގަނޑަށް އުގަންނައިދެއްވާށެވެ."

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "ކަމަނާ ވިދާޅުވާށެވެ:

ފަހެ، އެކަމަނާ އެނބުރި ވަޑައިގަތުމުން ޢަލީގެފާނުގެ އަރިހަށް ވެއްދެވިއެވެ. ފަހެ، ޢަލީގެފާނު ވިދާޅުވިއެވެ: "ޚަބަރަކީ ކޮބައިހެއްޔެވެ؟"

ފަހެ، އެކަމަނާ ވިދާޅުވިއެވެ: "ތިމަންކަނބުލޭގެ ކަލޭގެފާނު އަރިހުން ދިޔައީ ދުންޔަވީ ކަމަކައިގެންނެވެ. އަދި މި އެނބުރި އައީ އާޚިރަތުގެ ހެޔޮކަމާއިގެންނެވެ."

ފަހެ، ޢަލީގެފާނު ވިދާޅުވިއެވެ: "(މިއީ) ކަމަނާގެ އެންމެ ހެޔޮވެގެންވާ ދުވަހެވެ! (މިއީ) ކަމަނާގެ އެންމެ ހެޔޮވެގެންވާ ދުވަހެވެ!"

 

- މިއަދުނޫސް

 

 

 

މިއަދު އޮންލައިން