އަނެކާއަކީ ތިބާގެ ޙަސަދަވެރިއަކަށްވުމަކީ ތިބާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން! މިބުނެދެނީ ކަންބޮޑުނުވެ ހަަމަޖެހިލައިގެން ހުރެވޭނެ ގޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަނެކާއަކީ ތިބާގެ ޙަސަދަވެރިއަކަށްވުމަކީ ތިބާ ކަންބޮޑުވާންޖެހޭ
ކަމެއް ނޫން! މިބުނެދެނީ ކަންބޮޑުނުވެ ހަަމަޖެހިލައިގެން ހުރެވޭނެ ގޮތް! އިން ޝާ ﷲ

ދުނިޔޭގެ އެންމެންގެ ލޯބިލިބޭނެ ނުވަތަ އެންމެންގެ

ލޯބި ހޯދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ އެއްވެސް މީހަކަށް ޙާޞިލުކުރެވޭނެ ކަމެއް ނަމަ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް އެކަން ޙާޞިލުކުރެއްވެވުނީހެވެ.

ވީމާ ކޮންމެ މީހަކު ދެކެވެސް ރުޅި އަންނާނެ އަދި ނަފްރަތުކުރާނެ ބައަކު ތިބޭނެއެވެ. ރަސޫލް (ﷺ) އަށް ނަފްރަތުކުރާ މީހުންނާއި ރުޅި އަންނަ މީހުން މިހާގިނައިރު އަހަރެމެން ފަދަ މީހަކު ދެކެ ރުޅި އަންނަ ބައަކު ތިބުމަކީ މައްސަލައަކަށް ހަދައި ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

އަހަރެން ދެކެ ރުޅިއަންނަ މީހުން ދެކެ ވެސް އަހަރެން ލޯބިވަމެވެ. އަހަރެންގެ ހިތަކު އެއްވެސް މީހަކާއިމެދު ޢަދާވާތްތެރިވުމަށް އެއްވެސް ޖާގައެއް ދުވަހަކުވެސް ނުބާއްވަމެވެ. އެމީހަކީ އަހަރެންނަށް ތާއީދު ނުކުރާ އަދި އަހަރެންގެ ބަސް ޤަބޫލުނުކުރާ މީހަކު ނަމަވެސްމެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކޮންމެ މީހަކު ދެކެ ވެސް ލޯބިވަނީ ﷲ ތަޢާލާއަށް ޓަކައެވެ.

ގިނަ ބައަކަށް މިއަދު ކުރިމަތިވެފައިވަނީ އަޚްލާޤްގެ މައްސަލަތަކެވެ! އެއީ އިޞްލާހްކުރަން ޖެހޭ ކަމެކެވެ. ޢިލްމު ލިބިފައިވާ ބައެއް މީހުންނާއި އަދި ބައެއް ފައިސާވެރިންނަށް ވެސް މިއަދު ވަނީ އަޚްލާޤްގެ މައްސަލަތައް ކުރިމަތިވެފައެވެ.  

އެމީހުންގެ ކުރިމަތީގައި އެހެން މީހުންނަކީ އެއްވެސް ބައެއް ނޫނެވެ. ހިތަށް އެރިހައި ބަހެއް ބުނަންވީއެވެ. ހިތަށް އެރިހައި ގޮތެއް ހަދަންވީއެވެ. ނަމަވެސް މުސްލިމުން އަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ.

ޢިލްމު ލިބިފައިވާ މީހުންނަކީ ޢިލްމު ފަތުރަން މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. އަމިއްލަ އަށް ޚަރަދުކޮށްގެން ވެސް އެކަން ކުރަންވާނެއެވެ. އަހަރެންގެ ދަތުރުތަކުގެ ޚަރަދު ކުރެވެން ނެތް ކިތަންމެ ތަނަކަށް އަހަރެން އަމިއްލަ ޚަރަދުގައި ދަމެވެ. އަހަރެން ބަލަނީ އެކަމުގެ ސަބަބުން ފައިދާ ކޮށްފާނެ މީހުންނަށެވެ.

އަހަރެން މިސްކިތުގެ އިމާމްކަންވެސް ކުރީމެވެ! ކުދިންނަށް ކިޔަވައިވެސް ދިނީމެވެ. ނަމަވެސް ދުވަހަކުވެސް އެއިން އެއްވެސް ކަމަކަށް އެއްވެސް އަގެއް ނަގާފައެއް ނުވާނެއެވެ! އެއީ ﷲ ތަޢާލާއަށްޓަކައި ކުރަން ޖެހޭނެ ކަންކަމެވެ. އެއީ އެކަން އެއިރުވެސް މިހާރުވެސް އަހަރެން ޤަބޫލުކުރާ ގޮތެވެ.

--މުފްތީ މެންކުގެ ބަސްދީގަތުމަކުން

 

                                                                            

މިއަދު އޮންލައިން