ނަމާދުގައި ރައްކައުތެރިވާންޖެހޭ ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ﷲ ތަޢާލާ
ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ނަމާދުކުރެވޭނީ ނަމާދާއިމެދު ކަންކަން އެނގުނުވަރަކުންނެވެ.
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.
"ނަމާދުގައި މިކަންކަން ހިމެނިގެންވުމީ ތިބާ މުނާފިޤުންގެ ތެރެއިންވާ ކަމުގެ ޢަލާމާތްތަކެވެ.
1- ކަންނެތްކަމާއެކު ނަމާދު ޤާއިމުކުރުން 2- ކަންދެއްކުމަށް ނަމާދުކުރުން 3- ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި އަދާނުކޮށް އަބަދުވެސް ފަސްކުރުން 4- ނަމާދުގައި ޙަރަކާތްތައް ކުރުމުގައި އަވަސްއަރައިގަތުން 5- ނަމާދުގައި މަދުން މެނުވީ ﷲ ހަނދުމަނުކުރުން، (އެބަހީ ދުނިޔަވީ ޚިޔާލުތައް ގިނަވުން) 6- (ފިރިހެނުން) ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވުން
الصـلاة وحڪم تارڪهـا للامـام ابـن القيـم-رحمه الله- 1 /173
(މިއީ ޝައިޚް މުޙައްމަދު ޝާފިޢު މިއަދުނޫހާއި ޙިއްޞާ ކުރައަވާފައިވާ ލިޔުމެކެވެ.)