ﷲ ގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބޭނެ ހަތް ސިފަ- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ﷲ ގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބޭނެ ހަތް ސިފަ- ޤުރްއާނުން

މުސްލިމަކަށްވުމުގެ ބޭނުމަކަށްވާންޖެހޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބުމެވެ. ސުވަރުގެ ވަދެވޭނީ އެއިރުންނެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން ލިބިގެންނެވެ.  

ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގަތުން ލިބުމެވެ. ﷲ ތަޢާލާ އެބައަކު ދެކެ ލޯބިވެވޮޑިގަންނަވާނެ މީހުންގެ ކިބައިގައި ހުންނާނެ 7 ސިފައެއް މިބަޔާންކުރަނީ ކީރިތި ޤުރްއާނުންނެވެ.  

1، 2 "--- 1. ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. 2. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222)

3. " ---ހަމަކަށަވަރުން، ތަޤްވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ." (ތައުބާ: 4)  

4. "--- އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢީމްރާން: 134) 

5 " ---ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލް ޢިމްރާން: 146) 

6. "--- ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމްކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލް ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލް ޢިމްރާން: 159)  

7 "--ހަމަކަށަވަރުން، ޢަދުލަށް ޙުކުމްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލް މާއިދާ: 42) 

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭ މީހާ، އެމީހަކީ މި ސިފަތައް އެމީހެއްގެ ކިބައިގައި ބެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށްވާށެވެ! އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތަކީ އެއީ އެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން