ވަރީގެ ބާރު އަމިއްލައަށް ދޫކޮށްލުމަކީ ނުރައްކާ ކަމެއް! އަނބުރާ ނުގެނެވޭތީ ހިތާމަކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ވަރީގެ ބާރު އަމިއްލައަށް ދޫކޮށްލުމަކީ ނުރައްކާ ކަމެއް! އަނބުރާ ނުގެނެވޭތީ ހިތާމަކުރަންޖެހޭ ކަމެއް!

ކަމެއް ދިމާވާއިރަށް ހަތިޔާރަކަށް ވަރި ބޭނުންކުރެވޭ މީހުންނަސް އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. އެކަން އެގޮތަށް އެކުރެވެނީ ކަން އޮތްގޮތް ނުވިސްނޭތީއެވެ. ވީމާ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ހޭލުންތެރިވެލެއްވުމެވެ.  

ޙަޤީޤަތުގާ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކަކަށް އިޙްތިރާމްކޮށް އެކަކު އަނެކަކަށް ލޯބިދިނުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް! އެހެންވީމާ ކިތަންމެ ރުޅިއައިކަމުގައިވީ ނަމަވެސް ވަރިޔާހަމަޔަށް ގެންދިއުން އެއީ ވަރަށް ނުރައްކާތެރި ކަމެއް.  

ވަރިޔާ ހަމަޔަށް ދާންވާނީ އެނޫން އެއްވެސް ޙާލަތެއް ވަރިނުކޮށް ކަންކަން ދެމީހުންގެ މެދުގާ ދެބަސްވާ ކަންތައްތައް އިޞްލާހު ކުރެވޭތޯ މަސައްކަތް ހުރިހާ ގޮތަކުންވެސް ކޮށްފަ، އާދެ! ކޮންމެ ދެއިންސާނަކީ ހަމަ ޚިޔާލު ތަފާތުވާނެބައެއް އެއްވެސް ދެއިންސާނަކު އެއްޚިޔާލެއްގާ ހުރިހާ ކަމެއްގައި ނުހުންނާނެ އެހެންވީމާ ދެމަފިރިންގެ ދޭތެރޭގަވެސް މައްސަލަތައް އުފެދުން އެއީ ހަމަ އިންސާނީ ޠަބީޢަތުގެ ގޮތުން އޮންނާނެކަމެއް. އެހެންނަމަވެސް ދެމަފިރިންކުރެ ކޮންމެމީހަކުވެސް ދިރިއުޅުން ސަލާމަތް ކުރުމަށްޓަކާ އެކަކު އަނެކަކަށް ދޫދެވެންއޮތް ހިސާބަކުން ދޫދީގެން ވީވަރަކުން ދިރިއުޅުން ހިފެހެއްޓުމަށްޓަކާ މަސައްކަތް ކުރުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. 

ދެން ތިޔަސުވާލުގަ ތިޔަވިދާޅުވާ ފަދައިން މިސާލަކަށް ފިރިމީހާ މިބުނަނީ އެކަނި މިވެނިތަނަކަށް ގޮސްފިކަމަށްވަނީނަމަ ތިމަންނަގެ އަތްބެއް ނޫނޭ އެހެން ބުނެފަ އޮއްވާ އަނބިމީހާ އެފަދަކަމެއް ކޮށްފިކަމަށްވަނީނަމަ އެހިސާބުން ކާވެނި ރޫޅިގެންދާނެ.  

އެހެންނަމަވެސް އަނބިމީހާ އެގޮތަށް ކަންތައް ކުރުމުގެ ކުރިން ފިރިމީހާ ޔަށް ފުރްޞަތު އެބައޮތް އެބަސް އަނބުރާ ގެންނަން ތިމަންނަ އެބުނިބަސް އަނބުރާ ގެނަސްފީމޭ ދެން އެކަނި ދިޔަޔަސް މައްސަލައެއް ނެތޭ. އެހެންނަމަވެސް އަނބިމީހާ އެބުނި ކަންތައް އެގޮތަށް ކޮށްފަ ވަނިކޮށް މިސާލަކަށް އެކަނި ތަނަކަށް ގޮސްފަވަނިކޮށް ފިރިމީހާ ތިމަންނަ އެބުނި ބަސް އަނބުރާ ގެނެސްފިކަމަށް ވަނީނަމަ އެހިސާބަކުން އަދި ވަރިނުވެއެއްނުދާނެ. އެހިސާބުން ވަރިވާނެ.  

ސަބަބަކީ ބަސް އަނބުރާ ގެންނަން ޖެހޭ ވަގުތަކީ އެއީ އަނބިމީހާ އެމަނާކުރިކަންތައް ކުރުމުގެ ކުރިން، އެވަގުތު ފާއިތުވުމަށްފަހުގާ ދެން އެބަސް އަނބުރާ ނުވެއް ގެނެވޭނެ. އެހެންވީމާ މިވެނި ތަނަކަށް އެކަނި ގޮސްފިކަމަށްވަނީނަމަ ތިމަންނާގެ އަތްބެއް ނޫނޭ ބުނެފައޮއްވާ އަނބިމީހާ އެގޮތަށް ކަންތައް ކޮށްފިކަމަށް ވަނީނަމަ އެއީ އަދި ފިރިމީހާ ހިތްހަމަ ނުޖެހިގެން ބުނި އެއްޗެއް ކަމުގައިވީނަމަވެސް އަދި އެނޫންގޮތަކަށް ބުނި އެއްޗެއް ކަމުގައިވީ ނަމަވެސް އަނބިމީހާ ފިރިމީހާއެގޮތަށް މަނާކޮށްފަ އޮތްކަން ހަނދާންނެތިގެން ދިޔަކަމުގައިވިޔަސް ކޮންމެ ގޮތަކަށް ވިޔަސްވެސް ވަރި އެހިސާބުންވާނެ.


- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން