ކުއްޔަށް ދީފަހުރި ތަންނުގަ ޙަރާމްކަންކަން ކުރުން ހުއްޓުވުމުން ބޮޑު ބައްޔަކުން ސަލާމަތްވި ދެމައިންގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ކުއްޔަށް ދީފަހުރި ތަންނުގަ ޙަރާމްކަންކަން ކުރުން ހުއްޓުވުމުން ބޮޑު ބައްޔަކުން ސަލާމަތްވި ދެމައިންގެ ވާހަކަ

ފުރަތަމަ ބަލިވާންފެށީ ދަރިފުޅެވެ. ވާގޮތެއް ނުއެނގެއެވެ. ހެނދުނު ތެދުވާއިރު އުނދަގޫތަކެއްވަފައި ހުންނާތީ ސްކޫލަށް ނުދެވެނީއެވެ. މާލެ ސިޓީގައި ހުރި ހުރިހާ ހޮސްޕިޓަލްތަކަކަށް ދެއްކުމުންވެސް ވީކަމެއް ނެތެވެ. އެއްވެސް ބައްޔެއް ނުފެނެއެވެ. މީހުން ބުނާހާ ޑޮކްޓަރުންނަށް ދައްކައިގެންވެސް އެއްވެސް ބަދަލެއް ނައެވެ.  

ދެންވާންފެށި ގޮތަކީ މަންމަގެ ނޭވާކުރުވުމެވެ. އެކަމަށް ޓެސްޓްތައް ހެދުމުންވެސް އެނގުނީ އެހާބޮޑަށް ނޭވާކުރުވާންޖެހޭވަރުގެ ކަމެއް ފުއްޕާމޭގައި ނެތްކަމެވެ.  

މިކަންކަމަށް ވިސްނަމުން ދަނިކޮށް ބައްދަލުވި އެކުވެރިއަކު ލަފާދިނީ ރުޤްޔާކުރުމަށެވެ. ރުޤްޔާކުރާމީހެއްގެ ގާތަށް ދިއުމުން ކިޔަވައި ދެމައިންގެ ޙާލަތުބެލުމަށްފަހު ބުނީ ސިޙުރު ނުވަތަ އެސްފީނާގެ މާބޮޑު އަސަރެއް ފެންނަން ނެތްކަމަށެވެ. އެހެން ބުނެފައި އިތުރަށް ކުރި ސުވާލުތަކުން އެނގުނީ މަންމަގެ ގެއިގެ އެއް ފަންގިފިލާގައި މަސާޖްޕާލަރއަކާއި ދެވަނަ ފަންގިފިލާގައި ސެލޫނެއް ހިންގާ ކަމެވެ.

އެކަން އެނގުމުން އޭނާބުނީ މިއީ ގޮތް ނިންމަނީ ނޫންކަމަށާއި ނަމަވެސް އެދެތަން ހުސްކޮށް ޙަލާލު މަސައްކަތެއް ކުރަންފަށަން ފެންނަ ކަމަށެވެ. އެތަންތަން ހިންގަނީ އެހެންބައަކު ނަމަވެސް އެތަންތަނުން ލިބޭކުލި ބޭނުންކުރުމުން ބޭނުންއެކުރެވެނީ ޙަލާލް ފައިސާ ނޫންކަމަށެވެ. ރިޒުޤް ޙަލާލުކުރުމަކީ ވަރަށް ގިނަ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވަވާ ކަމެއް ކަމަށެވެ.  

އޭނާ ދެއްކި ވާހަކަ ޤަބޫލުކޮށް ބޮޑުކުލި ލިބެމުން އައި ދެފަންގިފިލާ ހުސްކުރުވައި ކުޑަ ކުއްޔަކަށް މީހުން ދިރިއުޅެން ދިނެވެ. ދުވަސްކޮޅަކުން ދެމައިންނަށް ލުއިލިބުނެވެ. ލިބޭކުލި މަދުވިނަމަވެސް ބޭހަށް ކުރަމުން އައި ބޮޑު ޚަރަދުކުޑަވުމުން ބޭނުންކުރަން ލިބޭ ފައިސާ ގިނަވިއެވެ.  

މިހުރީ ޢިބްރަތް ޙާޞިލުކުރުން ރަނގަޅު ޙާދިސާތަކެވެ.  

ގުޅުންހުރި ލިޔުމެއް-:   

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ގިނަ ފައިސާ ބޭނުންވިނަމަވެސް ޙަލާލް ގޮތުގަ ރިޒުޤް ހޯދަން މަސައްކަތްކުރީމާ އިތުރުކޮށްދެއްވަވާނެ! އިން ޝާ ﷲ 

ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى  އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެކެވެ. ދޫނިސޫފާސޫފި ވެސް ހެނދުނު އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، ރިޒްޤު ހޯދުމަށެވެ. ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާއެވެ.  

މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފައެވެ. މީސްތަކުންގެ މުހުތާދުތައް ގިނަވެފައެވެ. އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޟަރޫރީ ކަންކަމަށް ބަދަލުވެފައެވެ. މީގެ އެއް މިސާލަކީ އެއާކޮންޑިޝަނެވެ. މީގެ އަހަރުތަކެއް ކުރިން އެއީ ޟަރޫރީ ބޭނުމެއް ނޫނެވެ. ނަމަވެސް މިއަދު އެއާ ނުލައި އުޅެވޭކަށް ނެތެވެ. މޯބައިލް ފޯނާއި ކޮންޕިޔުޓަރު ފަދަ ވަސީލަތްތައް ވެސް އެ ފަދައެވެ. މި ކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހެއެވެ. މުއުމިނުން ދަންނާން ޖެހޭނެ އެއް ކަމަކީ، މާތް ﷲ  ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަމެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެކެވެ.  

އަހުރެމެން ﷲގެ ފޮތަށާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފި ނަމަ، ރިޒްޤު ހޯދުމުގައި އޮތް ރަނގަޅު ގޮތް ފެންނާނެއެވެ. އެއީ މާތް ﷲއަށް ބިރުވެތިވެ تَقْوَىވެރިވުމާއި ވަކީލުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި اللهއަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީ ވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللهއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ."

 

- ޚުޠުބާއަކުން

 

މިއަދު އޮންލައިން