އަނިޔާ ލިބިފައިވާ ތިބާގެ ހިތަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއާ އެފަރުވާ ދިނުމަށް އެންމެ ރަނގަޅު ވަޤުތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަނިޔާ ލިބިފައިވާ ތިބާގެ ހިތަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއާ އެފަރުވާ ދިނުމަށް އެންމެ ރަނގަޅު ވަޤުތު!: މުފްތީ މެންކް

ރަނގަޅަށް ދިރާސާކުރާށެވެ! އަނިޔާ ލިބެމުން ނުދާ ހިތެއް ވަރަށް މަދުވާނެއެވެ. އެކަމުން އެނގެނީ ގިނަ ބައެއްގެ ހިތަށް އަނިޔާލިބެމުންދާ ކަމެވެ. ދެން އުފެދޭ ސުވާލަކީ އަނިޔާ ލިބެންދާ ހިތަކަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިހެއްޔެވެ؟  

ޖަވާބު އަހުރެންގެ ދުލުން ބުނި ނަމަވެސް ޤުރްއާނުގައި އޮތް ބަސްފުޅެވެ. އެއީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. އަވަހަށް ފަރުވާ ލިބެން ބޭނުންވާނަމަ ހަނދުމަކުރުން ގިނަކުރަންވީއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ތިބާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ ތިބާގެމަތިން ހަނދުމަކުރައްވަވަތެވެ.  

ދެން ބަލައިލަންވީ އެކަމަށް އޮތް އެންމެ ރަނގަޅު ވަޤުތަށެވެ. ހުރިހާ ވަޤުތަކީވެސް ހަމަ ރަނގަޅު ވަޤުތެވެ. އެކަމަކުވެސް އެކަމަށް އޮތް އެންމެ ރަނގަޅު ވަޤުތަކީ ރޭގަނޑުގެ ފަހުދަންފަޅިއެވެ. އެވަޤުތަކީ މީސްތަކުން ނިދާފައި ތިބޭ ވަޤުތެވެ. އެކަމަކު ތިބާ ހޭލައި ތިބާގެ ކިޔަމަންތެރިކަން ދައްކަނީއެވެ. ﷲ ތަޢާލާ ދެކެ ލޯބިވާވަރު ޢަމަލުން އަންގައިދެނީއެވެ.  

އެވަޤުތު ދުޢާކުރާށެވެ! ތިބާއަށް ބޭނުންވެގެންހުރި ހުރިހާ ކަމަކަށް އެދިއެވެ. ދުޢާ މިކުރަނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ތިބާ އެކަންކަން ބަޔާންކޮށް ނުދެންނެވިޔަސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ޙަޟްރަތަށެވެ.  

"ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާއަށް ދަތި އުނދަގޫވެފައިވާ ހުރިހާ ކަމެއް މިއަޅާއަށް ފަސޭހަކޮށްދެއްވަވާނދޭވެ! މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ!" ފަދަ ޢިބާރާތްތަކުން ދުޢާކޮށް ތިބާއަށް ބޭނުންވެގެން ހުރި ހުރިހާކަމެއް ދަންނަވާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސކުން 

- މިއަދުނޫސް

މިއަދު އޮންލައިން