ބައިވެރިޔާ ދެކެ ރުޅިއައުމުން ފޯނު ނުނެގުމާ ވާހަކަނުދައްކާ ހުރުން ހުއްދަކުރީ ކާކު؟ އެހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ބައިވެރިޔާ ދެކެ ރުޅިއައުމުން ފޯނު ނުނެގުމާ ވާހަކަނުދައްކާ ހުރުން ހުއްދަކުރީ ކާކު؟ އެހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނެތް!

މިހާރަކަށް އައިސް ބައިވެރިޔާ އާއިމެދު ހިތްހަމަނުޖެހޭއިރަށް ނުވަތަ ރުޅިއައުމުން ވާހަކަދެއްކުން ހުއްޓާލައިގެން އެތައް ދުވަހެއް ވަންދެން އެބަތިބެއެވެ. ޤަޞްދުގައި ބައިވެރިޔާގެ ފޯނު ނުނެގުމަކީވެސް ވާހަކަ ނުދެއްކުމެވެ. 

އަހުރެންގެ ސުވާލަކީ މިއީ ކާކުދިން ހުއްދައެއްހެއްޔެވެ؟ އަހުރެންނަށް އެނގެން އޮތް މިންވަރުން އެކަމަށް ﷲ ތަޢާލާ ހުއްދަދެއްވަވާފައެއް ނުވެއެވެ. އެކަމަށް އަހުރެން ދައްކާނެ ދަލީލަކީ އެއްވެސް މީހަކު ދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކައި 3 ދުވަހަށްވުރެ ގިނަ ދުވަހު ނުތިބެން އޮތް ޙަދީޘްފުޅެވެ. ދެމަފިރިންކަމަށްވުމުން މިހަދީޘްފުޅުން އިސްތިސްނާ ނުވެވޭނެތީއެވެ.  

ހިތްހަަމނުޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ވާހަކަދެއްކުން މަދުކުރެވިދާނެއެވެ. ނަމަވެސް ހުއްޓައެއް ނުލެވޭނެއެވެ. ވާހަކަ ނުދައްކަންވެގެން ކުރާ ސުވާލަށް ޖަވާބުނުދީވެސް ނުހުރެވޭނެއެވެ.

ދެމީހުންގެ މެދުގައި މައްސަލަޖެހުމުން ޞުލްޙަވެރި މުޒާހަރާކުރެއެވެ. އެއީ ވާހަކަދެއްކުން މަދުކުރުމެވެ. އެކަނި ހުންނަ ވަޤުތު ގިނަކުރުމެވެ. މިފަދަ ކަންކަމަކީ ޙާލަތު ނިޔާކުރާ ގޮތަކުން އެޅިދާނެ ފިޔަވަޅުތަކެވެ. ގިނަ މީހުން ޞުލްޙަވެރި މުޒާހަރާކުރަނީ ޒުވާބުނުކޮށް އަނެކާއަށް ކުށެއް ކުރެވިއްޖެކަން ވިސްނައިދިނުމަށެވެ. އެކަމަކުން އެއްވެސް މައްސަލައެއްވެސް ނެތެވެ. ނަމަވެސް ބަލަންވާނީ ވީހާއަވަހަކަށް ކުރީގެ ގުޅުމަށް އެނބުރި ރުޖޫޢަވުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން