ހަށިގަނޑުގައި ހުންނަންވާ މިންވަރަށްވުރެ ހަކުރުގެ މިންވަރު މަތީތޯ؟ މި ބުއިން ބޭނުންކުރައްވައި އަންނަ ބަދަލު ބައްލަވާލައްވާ!

ކިޔުމަށް ހޭދަވާނީ 49ސ
ހަށިގަނޑުގައި ހުންނަންވާ މިންވަރަށްވުރެ ހަކުރުގެ މިންވަރު މަތީތޯ؟ މި ބުއިން ބޭނުންކުރައްވައި އަންނަ ބަދަލު ބައްލަވާލައްވާ!

ސިއުޒާ

 

ހަށިގަނޑުގައި ހުންނަންވާ މިންވަރަށް ވުރެ ހަކުރުގެ މިންވަރު މަތިނަމަ މިރިސިޕީގައިވާ ބުއިން ބޭނުންކުރައްވައި އަންނަ ބަދަލު ބައްދަލު ބައްލަވައިލައްވާށެވެ! ގިނަ ބައަކު ބުނަނީ ރަނގަޅު ބަދަލެއް އަންނަ ކަމަށެވެ.  

ބޭނުންވާނެ ތަކެތި:

-      2 ލީޓަރު ފެން

-      2 ނުވަތަ 3 ފޮނިތޮށި ކޮޅު (3،4 އިންޗީގެ)

-      4 ސްޓަރ އެނިސް (ތަރިދަމުއި)

-      1 ސަމުސާ ކަރަންފޫ 

ތައްޔާރުކުރައްވާނެ ގޮތް: 

ފެންފޮދު ޖަގަކަށް އަޅާލުމަށްފަހު ފެންފޮދުގެ ތެރެއަށް ހުރިހާ އެއްޗެއް އަޅާލާށެވެ. އަދި 24 ގަޑިއިރު ވަންދެން ބަހައްޓާލާށެވެ. 

ބޭނުންކުރައްވާނެ ގޮތަކީ ދުވާލަކު 4 ނުވަތަ 5 ފަހަރު މީގެ ދެކޯވަރުގެ ފެން  ބޯލާށެވެ.

ގިނަބައަކަށް ހަކުރާ ގުޅުންގުރި ހުރިހާ މައްސަލަތަކަކަށްވެސް މީގެން ހައްލު ލިބިދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން