ތިބާއަށް ކުރެވުނު ފާފަތަކަށް އޮތީ ކަންބޮޑުވުމެއް ނޫން! ހެޔޮ ޢަމަލަށް ބަދަލުކޮށް މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލުމުގެ ފުރުޞަތު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިބާއަށް ކުރެވުނު ފާފަތަކަށް އޮތީ ކަންބޮޑުވުމެއް
ނޫން! ހެޔޮ ޢަމަލަށް ބަދަލުކޮށް މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލުމުގެ ފުރުޞަތު
އެބައޮތް!


ބައެއް މީހުންނަށް ފާފަކުރެވެނީ ކޮންމެހެން ފާފަކުރަން ބޭނުންވެގެންނެއް ނޫނެވެ. އެކުގައި އުޅެވޭ އެކުވެރިންނާއި އަދި ދިރިއުޅެވޭ މާޙައުލުގެ ސަބަބުންވެސް ފާފަތައް ކުރެވެއެވެ. އެކަން އެމީހާއަށް ވިސްނުމުން ތައުބާވާންވެސް ބޭނުންވެއެވެ. ތައުބާވާން ބޭނުންވެ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ކުރާ ބޮޑުފައިދާއާއިމެދު ވިސްނައިލަމާ ހިނގާށެވެ!

ތިބާއަށް ކުރިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެއީ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ބަދަކޮށްލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް ކޮންމެ މުސްލިމަކުވެސް އެކަން ބޭނުންވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް އޮތް ފުރުޞަތެކެވެ. އެ ބޮޑު ފުރުޞަތު ލިބިގަތުމަށް އެދޭމީހާ ކޮށްލަންޖެހޭ ކަމަކީ ހަމައެކަނި އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފެށުމެވެ. އިތުރު އެއްވެސް ކަމެއްކުރާކަށް ނުޖެހޭނެއެވެ.

ނިކަން ވިސްނައިލަބަލާށެވެ! ތިބާއަށް އެންމެ ކުށެއް ކުރެވުނު ނަމަވެސް މީސްތަކުންނަށް އެއުޅެނީ ތިބާއަށް މާފުނުކުރެވިގެންނެވެ. ފަހަރެއްގައި ފުރަތަމަ ފަހަރު މާފުކުރިޔަސް ދެވަނަ ފަހަރަށް މާފަށް އެދިއްޖެނަމަ މާފުކުރުން އޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. ގިނަ ފަހަރަށް މާފުނުވެސް ކުރާނެއެވެ.

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކިތަންމެ ގިނައިން، ކިތަންމެ ގިނަ ފަހަރު ފާފަފުއްސަވައި ދސެއްވެވުމަށް އެދުނަސް ފާފަފުއްސަވައިދެއްވަވަތެވެ. އަދި ފާފަފުއްސަވައިދެއްވެވުމަށް ގިނަގިނައިން އެދުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވަތެވެ. ވީމާ ގިނަގިނައިން އެކަމަށް އެދޭށެވެ. އަދި ތިބާއަށް ކުރެވިފައިވާ ހުރިހާ ފާތަކަކީ ޘަވާބުކަމަށް ބަދަލުކޮށްލަން މަސައްކަތްކުރާށެވެ! އެއިރުން އެކަންވެގެންދާނީ މީޒާން ތިބާގެ ކޮޅަށް ބަދަލުވެގެންދާ ސަބަބަށެވެ. އިން ޝާ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން