އެންމެ ފައިދާ ބޮޑުވާނެ ގޮތަށް އަޅުކަންކުރުން- އެންމެ ގިނަ ޘަވާބު ހޯދެން އޮތްގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެންމެ ފައިދާ ބޮޑުވާނެ ގޮތަށް އަޅުކަންކުރުން-
އެންމެ ގިނަ ޘަވާބު ހޯދެން އޮތްގޮތް!

އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ހަޟްރަތުގައި

އެންމެ މުހިންމުވެގެންވަނީ ނުވަތަ ލޮބުވެތިކަން ބޮޑުވަނީ ދާއިމީ ގޮތެއްގައި ކުރެވޭ އަޅުކަމެވެ. ވީމާ ކުރާ އަޅުކަން އެއް މިންވަރެއްގައި ހިފަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ!

މީގެ މާނައަކީ އަޅުކަން ކުރުން އިތުރު ނުކުރުމެއް ނޫނެވެ. އިތުރުކުރަންވީއެވެ. ނަމަވެސް ސަމާލުކަން ދޭންވީ ޢާންމުކޮށް ކުރާ މިންވަރަށް ކޮންމެ ދުވަހަކުވެސް ކުރުމަށެވެ. އަމިއްލަ ސަބަބުތައް ކުރިއަށް ނެރެ ކުރާ އަޅުކަން މަދުނުކުރުމަށެވެ. 

މިޘާލަކަށް ތިމާއަކީ ކޮންމެ ދުވަހަކު ކީރިތި ޤުރްއާނުން 10 ޞަފްޙާ ކިޔަވާ މީހަކަށްވެދާނެއެވެ. ވަޤުތުވާ ދުވަހަކު އިތުރަށް ކިޔެވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް މަދުވެގެން 10 ޞަފްޙާ ކިޔަވަންވާނެއެވެ. ޟުޙާ ނަމާދުން ކޮންމެ ދުވަހަކު ކުރަނީ 4 ރަކްއަތްކަމަށްވާނަމަ އެ 4 ރަކްޢަތް ކޮންމެ ދުވަހަކުވެސް ކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ނުކޮށް ދޫކޮށްލަންވާނީ ދެން އެހެން ގޮތެއް ނެތިއްޖެނަމަ އެވެ.  

ސުންނަތް ރޯދަ ހިފާމީހާ ރޯދަހިފަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށްވާނަމަ ކޮންމެ ހަފްތާއަކުވެސް އެ 2 ދުވަހު ރޯދަހިފަން މަސައްކަތްކުރަންވާނެއެވެ. މަހުގެ 13،14،15 3 ދުވަހު ރޯދަހިފާނަމަ ކޮންމެ މަހަކުވެސް އެ 3 ދުވަހު ރޯދަހިފަން މަސައްކަތްކުރަންވާނެއެވެ. އެއީ ކުރާ ހިތްވާ ދުވަހަކު ކޮށްފައި ކުރާހިތް ނުވާ ދުވަހަކު ނުކުރީމާ އެއީ ރަނގަޅު ގޮތެއް ނޫނެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން