މިއޮތީ ނަރަކައިން މިންޖުވެވި ދުނިޔެއާ އާޚިރަތުގަ އުފާވެރިކަން ޔަޤީން މަގު ޤުރްއާނުން ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
މިއޮތީ ނަރަކައިން މިންޖުވެވި ދުނިޔެއާ އާޚިރަތުގަ
އުފާވެރިކަން ޔަޤީން މަގު ޤުރްއާނުން ފެންނަން!


އަހަރެމެން އެންމެ ބޮޑަށް ބިރުވެތިވަނީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމާއިމެދުގައި ނޫންހެއްޔެވެ؟ ނަރަކައަށް ވަންނަން ނުޖެހޭނެ ނުހަނު ފަސޭހަ މަގު މިއޮތީއެވެ. މިމަގުން ބާރަށް ކުރިއަށް ދާށެވެ! ހަމައެކަނި މިޔާތަށް ވިސްނައިލިނަމަވެސް ޝުކުރު ކޮށް، އީމާން ވީނަމަ ﷲ ޢަޛާބް ނުދެއްވާނެކަން އެނގި ޔަޤީންވާނެއެވެ. 

"ތިއަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިއަބައިމީހުންނަށް ޢަޛާބު ދެއްވެވުމުން ﷲ ކުރައްވަވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވަވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." އައްނިސާ: 147)

ދުނިޔޭގައި އުޅޭއިރު މީހަކު އެއްޗެއް ދީފިނަމަ "ޝުކުރިއްޔާ"އެވެ. އެބަ ބުނަމުއެވެ. އެމީހަކަށް އެބަ ޝުކުރު އަދާކުރަމުއެވެ. ނަމަވެސް އެ އެއްޗެއް ތިމާއަށް ލިބުމަށް އިރާދަ ކުރެއްވެވި އަދި ތިމާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވާ ﷲ ތަޢާލާއަށް ޝުކުރުވެރިވާން ހަނދާނެއް ނުވެއެވެ.

އެހެންވެ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގެ 5 އާޔަތެއްގައި އެކަލާނގެއަށް ޝުކުރުވެރިވުމުގެ ވާހަކަ ބަޔާން ކުރައްވަވައިފައެވެ.  

"އަދި ތިއަބައިމީހުންގެ ކިބައިގައިވާހާ ނިޢްމަތެއް ވަނީ، ﷲ ގެ ޣަޟްރަތުންނެވެ. ދެން ތިއަބައިމީހުންނަށް ދަތި ޙާލު ޖެހިއްޖެނަމަ، ފަހެ، ތިއަބައިމީހުން ދުޢާ ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ ޙަޟްރަތަށެވެ." (އަންނަޙްލް: 53)

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ލުޤްމާންގެފާނަށް ޙިކުމަތްދެއްވެވީމެވެ. އަދި ﷲ އަށް ޝުކުރު ކުރުމަށް އެންގެވީމެވެ. އަދި ޝުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޝުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ޙަމްދް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. (ލުޤްމާން: 12)

" އަދި، ﷲގެ އިޛްނަ ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ޘަވާބް އެދޭ މީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވަވާހުށީމެވެ. އަދި، އާޚިރަތުގެ ޘަވާބު އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވަވާހުށީމެވެ. އަދި، ޝުކުރު ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަވާހުށީމެވެ." (އާލްޢިމްރާން: 145)  

" އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7)

" ތިއަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިއަބައިމީހުންނަށް ޢަޛާބު ދެއްވެވުމުން ﷲ ކުރައްވަވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވަވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." އައްނިސާ: 147) 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ލުޤްމާންގެފާނަށް ޙިކުމަތްދެއްވެވީމެވެ. އަދި ﷲ އަށް ޝުކުރު ކުރުމަށް އެންގެވީމެވެ." އޮތުމުން ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން އެނގިގެން އެބަދެއެވެ.  

މިއާޔަތާއިމެދު އިތުރަށް ވިސްނައިލާށެވެ!  

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7) 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެ ކަމެވެ. ޝުކުރު ނުކުރާމީހުންނަށް ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމެވެ.

ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ޝުކުރުވެރިވާ އަޅަކު ކަމުގައިވުމަށެވެ. ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން