ތަނަވަސްކަން ކުޑަވުމަކީ ދެރަވާންޖެހޭކަމެއް ނޫން!: އެންމެ ބޮޑު ހާސްކަމެއްގަ ތިބެނީ ތަނަވަސް މީހުން! ދަތިޙާލުގަ އުޅޭ މީހުން ތިބެނީ މާއުފަލުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތަނަވަސްކަން ކުޑަވުމަކީ ދެރަވާންޖެހޭކަމެއް ނޫން!: އެންމެ ބޮޑު ހާސްކަމެއްގަ ތިބެނީ ތަނަވަސް މީހުން! ދަތިޙާލުގަ އުޅޭ މީހުން ތިބެނީ މާއުފަލުގަ! އިން ޝާ ﷲ

ބައެއް މީހުން އުފާވެރިކަން ހޯދުމުގެ ނަމުގައި ނުކުމެ ކަންކަން ކުރަނީ އެމީހުން އެދޭ ގޮތް އަތަށް ލައިގެންނެވެ. އެފަދަ މީހުން އުފާވެރިކަން ކަމުގައި ދެކެނީ އެމީހާ އެދޭ ގޮތަށް ކަންކަން ކުރުމެވެ. އެމީހާ ކުރަން ބޭނުން ކޮންމެ ކަމެއްވެސް ކުރެވުމެވެ.  

ނަމަވެސް އިސްލާމް ދީނުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. އުފާވެރިކަން ހޯދަން ވެސް އޮތީ ހަމަ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިންނެވެ. އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ ކަންކަން ކޮށްގެންނެވެ. އިސްލާމް ދީނުގެ އިންތަކުން ބޭރުވެ ކުރާ ކަންކަމުން ލިބިގަނެވޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއިރުން އެލިބިގަނެވެނީ އަނިޔާއެވެ.  

އަހުރެންގެ ފުރަތަމަ ސުވާލަކީވެސް ތަނަވަސްކަންބޮޑުވިވަރަކަށް ހިތްހަމަޖެހުން އިތުރުވާނަމަ ބޭނުންހައި ޚަރަދެއް ކުރާނެ ފައިސާ ހުރި މީހުންނަށް ބޭސް ގުޅައެއް ނުކައި ނުނިދިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ނިކަން ޖަވާބުދިބަލާށެވެ!

އެހެނަސް ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ލިބިފައިވާނަމަ އެއޮތީ ހުރިހާ އުފާވެރިކަމެއްވެސް ލިބިފައި ކަމަށެވެ. ނަމަވެސް އެކަން ވަނީ އެހެންނަކުން ނޫނެވެ. ނިކަން ރަނގަޅަށް ބަލައި ޗެކްކޮށްލަބަލާށެވެ!  

ނަމަވެސް އަތުގައި އެންމެ ދިރުހަމެއް ނެތަ ނަމަވެސް ތަޤްވާވެރިޔާ ނިދަން އެންމެ ބޭސްގުޅައެއްވެސް ބޭނުމެއް ނުވާނެއެވެ. ނިދިން އޮށޯވެ ކުރަން ޖެހޭ ޛިކްރުތައް ކޮށް ނިމޭއިރު އޮންނާނީ ނިދިފައެވެ. ދިމާވާ ގޮތަކުން ނުނިދުނު ނަމަވެސް ބޭސްގުޅައެއް ހޯދާކަށް ނުއުޅޭނެއެވެ. ޛިކުރުކުރުމާއި ދަމު ނަމާދުކުރުމުން ހިތްހަމަޖެހުން ހޯދާނެއެވެ. އެކަންކަން ނިމޭއިރު އޮންނާނީ ނިދިފައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން