އަހުރެމެން ދެމަފިރިންގެ ކައިވެންޏަށް މިހާރު 15 އަހަރު ފުރިއްޖެއެވެ. ގުޅުން އަދިވެސް އޮތީ އެންމެ ތާޒާކަންމަތީގައެވެ. ފުރަތަމަ ދުވަހާއި އެއްގޮތަށެވެ. އެކަން އެގޮތަށް ބޭއްވުމުގެ ކައްޕިތާނަކީ އަނބިމީހާއެވެ.
އަހުރެންގެ އަނބިމީހާގެ އެންމެ ޚާއްޞަ އެއްސިފައަކީ މީރުކޮށް ކެއްކުމެވެ. އެއީ އޭނާ އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތަކެވެ. އާންމުގޮތެއްގައި މޯލަށް ބާޒާރުކުރަންދަނީ ދެމީހުން އެކުގައެވެ. ތައްޔާރީ ހަވާދު ގަތަސް ރޯހަވާދުގެ ބާވަތްތައް ކުޑަ މިންވަރަކަށް ގަނެއެވެ.
މިޘާލަކަށް މަސްރިހަ ނަގާށެވެ! ކޮންމެ ދުވަހަކުވެސް ކައްކަން ބޭނުންކުރަނީ އެއްހަވާދެކެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ރަހަ ތަފާތުވެއެވެ. އެހެންވެ ފުރަތަމަ ކޮޅު ސުވާލުތައް އުފެދުނެވެ. އަހުރެންނާއި ވަކިން ގޮސް އެއްޗެތި ގަންނަނީތޯ ސުވާލުވެސް ކުރަމެވެ.
ސުވާލުތައް ކުރާތާ އެތައް ފަހުން ކުޑަ މިންވަރެއް ބުނެދިނެވެ. "އަހުރެން ބޭނުން މިކުރަނީ އެއްހަވާދެކެވެ. މޯލުން ގަންނަ ހަވާދެވެ. އިތުރަށް މިކުރާ ކަމަކީ ކޮންމެ ދުވަހަކުވެސް އެއަށް ތަފާތު މިންވަރަކަށް ރޯހަވާދު މުގުރާފައި އަޅަނީއެވެ. ކޮންމެ ދުވަހަކުވެސް ތަފާތު ބާވަތެއް ގިނަކޮށްލަނީއެވެ. އިތުރު އެއްޗެއް ނޫނީ އަގުބޮޑު އެއްޗެއް ގަނެގެން އަޅަނީއެއް ނޫނެވެ."
އަދިވެސް ބުންޏެވެ. "ތިބާއަށް މީރުވާ ގޮތް އަހުރެން ދަސްކުރީއެވެ. އެކަންކުރީ ތިބާއަށް ނުއަންގައެވެ. އަހުރެން ބަލަނީ ތިބާކާ މިންވަރަށެވެ. ގިނައިންކަނީ މީރުވީމާ ކަމަށެވެ. މިހާރު އަހުރެންނަށް ރަނގަޅަށް ދަސްވެއްޖެއެވެ. އަދި ބުނަން ހެއްޔެވެ؟ އަހުރެން ހަމައެކަނި ކައްކަނީއެއް ނޫނެވެ. އެކަންކުރަނީ ވަރަށް ލޯބިންނެވެ. އަދި ކައްކަމުން އެމަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރަމެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބޭޒާރުމިކުރީ އަހުރެންގެ އަނބިމީހާގެ ސިއްރެކެވެ. ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެނުންނަށް ފައިދާއެއްކޮށްފިނަމަ އަހުރެންގެ ބޭނުން ފުދުނީއެވެ.
- ވަޒީރު / މިއަދުނޫހުގެ ކިޔުންތެރިއެއް