ޔުނި ނިންމާފައި ވަޒީފާއަދާކުރަންފެށިއިރު އަޅުގަނޑުގެ ލޯބިވެރިޔާ ޔުނިގައި ކިޔަވަނީ އެވެ. އެހެންވެ ހުރިހާ ސަމާލުކަމެއް ދިނީ އޭނާގެ ކިޔެވުމަށެވެ. އޭނާގެ މައިންބަފައިންނަކީ ތަނަވަސްބައަކަށް ނުވާތީ ފީދައކަން އުނދަގޫވާ ޓާމްތަކުގައި ފީވެސް ދައްކައިދެމެވެ. އަދި ޓިޔުޝަންދީ ކަންކަންކުރަނީވެސް އަމިއްލައަށެވެ.
އެކަމުގެ ސަބަބުން އެކުވެރިން އަޅުގަނޑު ހެދީ މޮޔައަކަށެވެ. ވިސްނައިދެމުން ގެންދިއައީ ކިޔަވައި ނިމި ވަޒީފާލިބޭތަނުން އަޅުގަނޑާއި ވަކިވާނެ ކަމަށެވެ. އަޅުގަނޑު ބުނަމުން އައީ އެއީ މައްސަލައެއް ނޫން ކަމަށެވެ. އަޅުގަނޑު ކޮށްދޭ ކަންކަމަށް ﷲ ބަދަލުދެއްވަވާނެ ކަމަށެވެ. ބޭނުންވަނީ ލޯބިވެރިޔާޢަށް ރަނގަޅު ނަތީޖާއެއް ލިބެން ކަމަށެވެ.
މިއީ އެއިގެ 12 އަހަރުފަހެވެ. މިބުނެދެނީ މިއަދުގެ ނަތީޖާއެވެ. ކައިވެންޏަށް 10 އަހަރެވެ. ދެމަފިރިން ކުރަނީ އަމިއްލަ މަސައްކަތެވެ. ދެމީހުންނަކީވެސް ލޯޔަރުންނެވެ. ކޯޓުތަކަށް ހިނގަނީ އަޅުގަނޑެވެ. 3 މުވައްޒިފުން ގެންގުޅެމެވެ. ގޭގައި އިނދެގެން އެމީހުން ލައްވައި މަސައްކަތްކުރުވުމުގެ އިތުރަށްވެސް އަނބިމީހާގެ ކިބައިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.
އަޅުގަނޑުގެ ޙަޔާތުގެ ކާމިޔާބީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލުމުގެ ބެނުމަކީ އަޅުގަނޑުގެ އެކުވެރިން އެއިރު އެދެއްކި ފަދަ ވާހަކަތައް ދައްކާ އެކުވެރިންގެ ވާހަކަ ޤަބޫލުނުކުރުމަށް ބުނުމެވެ. ތެދުވެރިކަމާއިއެކު އެމީހެއްގެ ވާޖިބު އަދާކުރީމާ އެމީހަކަށް ހެޔޮ ގޮތް މިންވަރުކުރައްވަވާނެ ކަމަށް ބުނުމެވެ.
އެމީހުން އެބުނަނީވެސް ތެދެކެވެ. އެގޮތަށް ކަންކަންކުރާ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކަކަށްވެސް އިތުބާރުނުކުރުމެއް ނޫނެވެ. ގޯސް މީހުން އުޅޭފަދައިން ރަނގަޅުމީހުންވެސް އުޅޭނެކަމަށްވެސް ޤަބޫލުކުރާށެވެ! ހަމަ ޤައުމުވެސް އަޅުގަނޑުގެ އަނބިމީހާއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު އަންތބެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް