މައިންބަފައިންނަށް ހެޔޮކޮށްހިތާ ދަރިންނަށްވެސް ނުވިސްނައި އެންމެ ފައިދާބޮޑު ފުރުޞަތު ނަގައިލެވޭލކަމް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މައިންބަފައިންނަށް
ހެޔޮކޮށްހިތާ ދަރިންނަށްވެސް ނުވިސްނައި އެންމެ ފައިދާބޮޑު ފުރުޞަތު
ނަގައިލެވޭލކަމް އެނގޭތަ؟

  

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرً 

"ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!"

މި ދުޢާ އަކީ އެއްވެސް އިންސާނަކު އަމިއްލައަށް އުފެއްދި ދުޢާއެއް ނޫނެވެ. މި ދުޢާއަކީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ދުޢާއެކެވެ. މިއާޔަތުގައެވެ.

"އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (އަލްއިސްރާ: 24)

މި ދުޢާގެ ކުރިއަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވާ ބަސްފުޅުތަކަށް ޙިކުމަތްތެރިކަމާއިއެކު ވިސްނައިލާށެވެ! "އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ!" 

މި ބަސްފުޅުން އެނގިގެންދަނީ މައިންބަފައިންގެ ކުރިމަތީގައި އަހަރެމެން ދެރަވެ ނިކަމެތިވާން ޖެހޭނެ މިންވަރެވެ. އެމީހުން އަހަރެމެންމަށް ކަންކަން ކުރި ގޮތާއިމެދު އަޅައިކިޔުމެއްވެސް ނެތް ކަމެވެ. އަހަރެމެންނަށް އޮތީ އެދެމަފިރިންގެ ކުރިމަތީގައި ދެރަވެ ނިކަމެތިވުންކަމެވެ. ކޮށްދެވެން އޮތް އެންމެ ބޮޑަކަށް އޯގާތެރިވެ އެ ދެމީހުންނަށް ޚިދުމަތްކުރުން ކަމެވެ.

މައިންބަފައިންގެ ކުރިމަތީގައި ގަދަ ބަސްބުނުން ފަދަ ކަންކަން ނުކުރާށެވެ! އަބަދުވެސް އޯގާތެރިކަމާއިއެކު މުޢާމަލާތުކުރަމުން ގެންދާށެވެ! 

ބައެއް ޢާއިލާތަކުގައި މައިން ބަފައިންނާއި އެހީތެރިވަނީ ގުރުއަތުލައިގެންނެވެ. ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް މިއީ ތިމާގެ ފަހަރު ކަމަށް ޤަބޫލުކުރާނީ އެކަމެއް މައިންބަފައިންނަށް ކޮށްދިނުމުން ސަލާމަމް ވެވޭނެ އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ.

 ބަލަންވީ މައިންބަފައިންނަށް ޚިދުމަތް ކުރުމުން ރެކެވެން ހުރި ގޮތްތައް ހޯދުމަކަށް ނޫނެވެ.

ބަލަންވީ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި އިސްނެގޭތޯއެވެ! އެކަމުގެ ސަބަބުން ސުވަރުގެ ޙާޞިލުކުރެވޭނެ މަގު އޮތުމުން މަސައްކަތްކުރަންވީ ފުރުޞަތުގެ ބޭނުން ހިފައި އެމަގުން ސުވަރުގެ ދިއުމަށެވެ. ސުވަރުގެ ދިއުމަށް މަގުފަހިވާނެ ކިތަންމެ ހަނި މަގެއް ފެނުނު ނަމަވެސް ދޫކޮށްނުލާށެވެ! މައިން ބަފައިންނަށް ޚިދުމަތް ކުރުމަކީ ހނި މަގެއް ނޫނެވެ. އެއީ އެންމެ ފުޅައުކަން ބޮޑު އެއް މަގެވެ. 

މައިންބަފައިންނަށް ހެޔޮކޮށްހިތަމުން އަންނަ ދަރިންނަށްވެސް އެގޯސްހެދެއެވެ. އަތުންކަންކަން ކޮށްދިނުން ބުރައަކަށްވެ ގުރުވަތުލައެވެ. އެއިރުން އެނަގައިލެވެނީ އެންމެ ފައިދާ ބޮޑު ބައެވެ. ސުަވރުގޭގެ އެންމެ މަތި ޙާޞިލުކުރަން ދެއްވެވި ފުރުޞަތެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން