ތިބާއާއިބެހޭގޮތުން ނުބައި ވާހަކަ ދައްކާ މީހުން އެކޮށްދެނީ ވަރަށް ބޮޑު ހެޔޮކަމެއް! އެމީހުންނާއިމެދު އަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ތިބާއާއިބެހޭގޮތުން ނުބައި ވާހަކަ ދައްކާ މީހުން އެކޮށްދެނީ ވަރަށް ބޮޑު ހެޔޮކަމެއް! އެމީހުންނާއިމެދު އަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

އަޅުގަނޑާއިއެކު އޮފީހުގައި މަސައްކަތްކުރާ ދެއެކުވެރިއަކު ދޮގުހަދައިގެން އަޅުގަޏޑުގެ ވާހަކަތައް އެބަ ފަތުރައެވެ. ސަބަބެއް ނުއެނގެއެވެ. ކިތަންމެ ފަހަރަކު ހަދާ ދޮގުތައް ބޭޒާރުވެސް ވެއްޖެއެވެ. އެމީހުންނާއިމެދު ކަންތައްކުރަން އޮތް ގޮތަކީ ކޮބައިތޯ؟  

ކިޔުންތެރިޔާއަށް ދަންވަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ

އަހުރެމެންނަށް މިވާގޮތަކީ މީހަކު ތިމާއާއިމެދު ނުބައި ވާހަކަތައް ފަތުރާނަމަ އެމީހަކުދެކެ ރުޅި އައިސް ނަފްރަތުކުރެވެނީއެވެ. ޙަސަދަވެރިވެސް ވެވެނީއެވެ. ނަމަވެސް އެއިރުން އެނައިލެވެނީ އޭނާގެ ސަބަބުން ތިމާއަށް ލިބެން އޮތް ވަރަށް ބޮޑު ފައިދާއެކެވެ.  

އެއްދުވަހަކު އިމާމް ޙަސަނުލް ބަޞަރީގެ ގާތަށް މީހަކު އައިސް ދެންނެވިއެވެ.  

"މިވެނި މީހަކު ކަލޭގެފާނުގެ ނުބައިވާހަކަ ވަރަށް ގިނައިން އެބަދައްކައެވެ. " 

އެހިނދު ޙަސަނުލް ބަޞަރީ ކަންތައް ކުރެއްވި ގޮތަކީ ބާޒާރަށް ވަޑައިގެން އެންމެ އަގުބޮޑު ކަދުރު ޓުކުރިއެއް ބައްލަވައިގަތެވެ. 

ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ.  

"ތިބާ ތިމަންނާދެކެ ރުޅިއަރާވަރުން ތިމަންނާގެ ނުބައި ވާހަކަ ދައްކާދިނުމުގެ ސަބަބުން ތިމަންނާއަށް ހާދަބޮޑު ފައިދާއެއް ކުރެއެވެ. އެގޮތަކީ ތިބާގެ ހެޔޮކަންތައް ބަދަލުވަނީ ތިމަންނާއަށެވެ. އަދި ތިބާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ ތިމަންނާގެ ފާފަތައް ތިބާއަށެވެ. މިޔަށްވުރެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެ ހެއްޔެވެ؟"

މިއަދު އޮންލައިން