މައިންބަފައިންނަށް ބިރަށް އަނބިމީހާ ދިފާކުރަން ފަސްޖެހުމަކީ ﷲ ގެ ޙަޟްރަތުގަ ޢުޤޫބާތް ބޮޑުވެގެންވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މައިންބަފައިންނަށް ބިރަށް އަނބިމީހާ ދިފާކުރަން ފަސްޖެހުމަކީ ﷲ ގެ ޙަޟްރަތުގަ ޢުޤޫބާތް ބޮޑުވެގެންވާ ކަމެއް!

އެއްވެސް ކަމެއްގައި އަހުރެމެންނަށް ޢަމަލުކުރަން އޮތީ އަހުރެމެން ބޭނުންވާ ގޮތަކަށް ނޫނެވެ. މައިންބަފައިން ބޭނުންވާ ގޮތަކަށްވެސް ނޫނެވެ. އަދި ބާރާއި ނުފޫޒުހުރި މީހުން ބޭނުންވާ ގޮތަކަށްވެސް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ޙައްޤަށް ބަސްބުނުމަށެވެ. ޢަދުލުވެރިވުމަށެވެ.  

އެހެންކަމަށްވާއިރު މަންމަ ނުވަތަ ބައްޕަ ރުޅިއައިސްފާނެތީ އަނބިމީހާގެ ދިފާޢުގައި ބުނަންޖެހޭ ބަސްނުބުނީމާ ފެތޭ ގޮޅި އެނގޭހެއްޔެވެ؟ އެއީ ހާދަ ބިރުވެރިކަންބޮޑު ގޮޅިއެވެ. ޢަޛާބް ގަދަފަދަވާނެ ގޮޅިއެވެ.  

ވިސްނާށެވެ! ޙައްޤަށް ޢަމަލުކުރަންޖެހޭ ކަންކަމުގައި ނުވަތަ ޙައްޤު ބަސް ބުނަން ޖެހޭ ޙާލަތުގައި އެއްވެސް ނުފޫޒަކަށް ބިރުން އެކަންކަން ކުރަން ފަސްޖެހޭނަމަ އެމީހަކު ވާނީ ﷲ ތަޢާލާގެ ޙަޟްރަތަށްވުރެ ބޮޑަށް އެނުފޫޒަށް ބިރުވެތިވެ އަޅުވެތިވެގެންހުރި މީހަކަށެވެ. އެފަދަ މީހުންގެ އީމާންކަން ކޮބައި ހެއްޔެވެ؟  

އަހަރެމެންގެ ތެރެއިން ގިނަބައަކަށް ބިރުގަނެވެނީ ވަޒީފާ ގެއްލިދާނެތީއެވެ. މަޤާމްގެއްލިދާނެތީއެވެ. ލިބިފައިވާ ތަނަވަސްކަން ގެއްލިދާނެތީއެވެ. މީސްތަކުން ބުނެފާނެ ބަހަކަށެވެ. އަނބިމީ ކުށެއް ނުކުރާއިރުވެސް ދިފާއުކޮށްފިނަމަ ބައްޕަ ނުވަތަ މަންމަ ރުޅިއަތުވެދާނެތީއެވެ. އެހެންކަމުން ކުރިއަށް މިދެވޭ މަގާއިމެދު ވިސްނާލަމާހެއްޔެވެ؟  

އެއްވެސް މީހަކީ ތިމާއަކީ އެންމެ ބަލިކަށި އަދި އެންމެ ނިކަމެތި މީހާކަމުގައި ވުމަށް އެދޭނެ މީހެއް ނޫނެވެ. ޚާއްޞަކޮށް ކޮންމެ މީހަކު ވެސް ޤިޔާމަތް ދުވަސް އެދޭނެއެވެ. މުސްލިމުންގެ އިތުރުން ކާފިރުންވެސް އެންމެ ބޮޑަށް އެދޭނީ އެކަމަށެވެ. އެ ފުރުޞަތަކަށެވެ.

އެންމެ ބަލިކަށި މީހާގެ ގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބައެއް މީހުން ސިފަފަކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެކަކީ ﷲ ތައާލާގެ މަގުގައި ދައްކަން ޖެހޭ ވާހަކައެއް، ބުނަން ޖެހޭ ބަހެއް، މީސްތަކުންނަށް ބިރުން ނުބުނެ ހަނުހުންނަ މީހާއެވެ.  

Nabi ﷺ: None of u should belittle himself  

People: how?

 Nabi ﷺ: If he sees something which he should speak out for the sake of Allah but he doesn't Allah will say to him:

What prevented u?

He will say: Fear of the people

Allah will say: Rather u should have feared Me

Ibn Majah 4008 

މިޙަދީޘްފުޅުން އެނގިގެންދަނީ  އެންމެ ބަލިކަށި މީހަކީ ޞިއްޙީ ގޮތުން ގައިގެ ބާރު ދެރަވެގެން ބަލިކަށިވާ މީހާ ނޫންކަމެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ބަލިކަށި މީހަކީ މީހަކު ނުވަތަ މީސްތަކުން ދެކެ ބިރުން ޙައްޤު ބަސް ބުނަން ފަސްޖެހޭ މީހާ ކަމެވެ! އެފަދަ މީހުންނަށް ﷲ ތައާލާ މިމޭރުމުން ވަހީކުރައްވަވާނެތެވެ! "ތިމަން ﷲ އަށް ބިރުވެތިވީނަމައެވެ! ނުވަތަ ތިބާ ތިމަން ﷲ ﷲ އަށް ބިރުވުމުގެ ޙައްޤުކަން މާބޮޑެވެ!"  

ހަމަ އެއާއިއެކު ﷲ ތަޢާލާގެ މަގުގައި ބުނަން ޖެހޭ ޙައްޤއު ބަސް ނުބުނެ ހުރުމަކީ ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެއްކަންވެސް މި ޙަދިޘް ބަސްފުޅުން އެނގިގެންދެއެވެ.  

ވީމާ ދުނިޔަވީ އެއްވެސް ސަބަކަށް ބިރުން ފަސްޖެހި ﷲ ތަޢާލާގެ މަގުގައި ބުނަން ޖެހޭ ޙައްޤު ބަސް ނުބުނެ ފަސް ނުޖެހޭށެވެ! ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! މުސްލިމުން އެއްވެސް ކަމެއްގައި ބިރުވެތިވާން ޖެހޭ ދެވަނަ އެއްވެސް ފަރާތެއް ނުވެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން