ފިރިމީހާ، އަނބިމީހާ، އޮފީހުގެ ވެރިޔާގެ ހަރުކަށިކަމަށްވުރެ މާބޮޑު ހަރުކަށިކަމެއް އެބައޮތް! ތިމާއަކީ އެފަދަ ހަރުކަށިމީހަކަށްވެއްޖެނަމަ ސަލާމަތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފިރިމީހާ، އަނބިމީހާ، އޮފީހުގެ ވެރިޔާގެ ހަރުކަށިކަމަށްވުރެ މާބޮޑު ހަރުކަށިކަމެއް އެބައޮތް! ތިމާއަކީ އެފަދަ ހަރުކަށިމީހަކަށްވެއްޖެނަމަ ސަލާމަތަކީ ކޮބާ؟

"ކީރިތި ޤުރްއާނާއި ސުންނަތުން ފެންނަން އޮތް ގޮތަށް ކަމެއްކުރަން ބުނެފިނަމަ އެމީހަކީ ހަރުކަށި މީހަކަށްހަދާ ބައަކު އުޅެއެވެ. އެންމެ ބޮޑު ހަރުކަށިކަމަކީ ކޮބައިކަން އެމީހުންނަށް ނުވެސް އެނގޭ ފަދައެވެ.  

"އެންމެ ބޮޑު ހަރުކަށިކަމަކީ ނަމާދުނުކުރުމެވެ. އެހެނީ ﷲ ތަޢާލާ އެންމެ ގަދައަށް އަމުރުފުޅުކުރައްވަވާފައިވަނީ ނަމާދުކުރުމަށެވެ. ވީމާ ނަމާދު ނުކުރުމަށްވުރެ ހަރުކަށިކަންބޮޑު އެއްވެސް ކަމެއް ނެތެވެ."

- މުފްތީ މެންކް 

ޤަޞްދުގައި ނަމާދުއެޅުމަކީ ނުވަތަ ނަމާދުނުކޮށްހުރުމަކީ ދީނުން ބޭރުވެގެންދާނެ ކަމެކެވެ. ނަމާދުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެއްޖެނަމަ އަލުން ޝަހާދަތްކިޔައި އިސްލާމްވާންޖެހޭނެކަމަށްވެސް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

ދެން ބަލައިލަންވީ ކުރެވޭ އެންމެ ހެޔޮ ޢަމަލަށެވެ! "އެންމެ ހެޔޮޢަމަލަކީ ކޮބައިތޯ ރަސޫލާ ﷺ އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ޙަދީޘް ކުރެއްވީ "ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރުން" ކަމަށެވެ.  

ވީމާ ކޮންމެ ގޮތަކުންވެސް، ކިތަންމެ ބޮޑަށް ހިތްވަރުކޮށްގެންވެސް ބަލަންވީ ނަމާދުކުރާ މީހަކަށް ވެވޭތޯއެވެ. ނަމާދުކުރާ މީހަކަށް ވެވޭނީ ފަރުޟް 5 ނަމާދުކުރުންމަތީގައި ދެމހުރެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން