ތިބާ ކޮޓަރީގައި ހުރީ އެކަނި ކަމަށްބަލައި ހެދުން ބަދަލުކުރަންވެސް ރައްކައުތެރިނުވެ ބަރަހަނާނުވާށެވެ! ހުރެވޭނީ އެކަންޏަކު ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިބާ ކޮޓަރީގައި ހުރީ އެކަނި ކަމަށްބަލައި ހެދުން ބަދަލުކުރަންވެސް ރައްކައުތެރިނުވެ ބަރަހަނާނުވާށެވެ! ހުރެވޭނީ އެކަންޏަކު ނޫން!

ތިބާ އޮފީހުން އައިސް ކޮޓަރިއަށްވަނީއެވެ. ހުންނާނީ ވަރަށް ވަރުބަލިވެފައެވެ. ބޭނުންވާނީ ވީހާއަވަހަކަށް ހެދުންބާލައި ލުއިހެދުމެއްލާށެވެ. ކޮޓަރީގެ ދޮރުތައް ހުރީ ތަޅުލައިފައެވެ. އެއްވެސް މީހަކު ނެތެވެ. ހުރީއެކަންޏެވެ. އެކަމަކު ތިބާއަށް ހުރެވޭނީ އެކަންޏަކު ނޫނެވެ. ތިބާއަށް ނުފެނުނު ނަމަވެސް ޖިންނި ޝައިޠޯނުން އެތަނުގައި ތިބާއަށް ބަލަން ތިބޭނެއެވެ.  

ވީމާ މިހުރެވެނީ އެކަނި ކަމަސް ހީނުކުރާށެވެ! ހެދުން ބޭލުމުގެ ކުރިން އެންމެ ކުޑަމިނުން ބިސްމިﷲ ކިޔާށެވެ. ތިބާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

ދެން ތިބާއަށް އަވަސްވެގަނެވޭނީ ފާޚާނާއަށް ވަނުމަށެވެ. އެއީ އެންމެ ނުރަކައުތެރިތަނެވެ. ޖިންނިތައް ހާލިހަދައިގެން ތިބޭތަނެވެ. ޛިކުރު ނުކިޔައި ނުވަންނާށެވެ. ތިބާއާއި ތިބާގެ ގުނަވަންތައް އެއެއްޗެއްސަށް ފޮރުވޭނީ އެއިރުންނެވެ.

އަހުރެންގެ ނަޞީޙަތަކީ މިކަންކަމަށް ވަރަށް ރަނގަޅަށް ވިސްނުމެވެ. ކޮޓަރިއަށް ކޮންމެ އިރަކު ވަންކަމުގައިވިޔަސް ބިސްމިﷲ ކިޔައި ދޮރުހުޅުވާށެވެ. އަދި ހެދުން ބަދަލުކުރުން ފަދަ ކަމެއް ކުރާނަމަ އިތުރަށްވެސް ބިސްމިﷲ ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ.  

ދުނިޔޭގައި އުޅެނީ އަހުރެމެން އިންސާނުން އެކަންޏެއް ނޫނެވެ. ޖިންނި ޝައިޠޯނުންވެސް އަހުރެމެންނާއިއެކުގައި އުޅެއެވެ. ރައްކައުތެރިވެވޭނެ ގޮތްތައް އޮތީ އެނގޭށެވެ. އެކަންކަން ކުރަން އިހްމާލްނުވާށެވެ. ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނީ ލިބިގަންނަން މަސައްކަތްކުރާ އަޅުންނަށެވެ.

 

- އުސްތާޛާ މިޒުނާގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން