ބުނާތީ އަޑު އަހަމެވެ. ހިލޭ މީހުން ނާ ގުޅުން ބޭއްވުމަކީ ޒިނޭކުރަން މަގުފަހިވާ ކަމެކެވެ. ޒިނޭކުރުމަކީ އެކަންކަން ކުރަން ދެވިހިފާ ކަމެކެވެ. އެއީ ޙަޤީޤަތެއްތޯ؟"
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަންއޮތީ ޒިނޭކުރުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަން ޢާންމުވިވަރުން އެއީ ފާފައެއް ނުވަތަ ހަޑިމުޑުދާރު ޢަމަލެއްކަމަށް ޤަބޫލުކުރާ މީހުންވެސް މިވަނީ މަދުވެފައެވެ. ނަމަވެސް ޒިނޭކުރުމުގެ ފާފަ އޮތީ އެންމެ ބޮޑު ފާފައެއްގެ ގޮތުގައެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ އެންމެ ބޮޑު އެއް ފާފައެވެ. ޔަޤީންކަމަކީ އެއީ އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާ ފާފައެއް ކަމެވެ.
ކޮންމެ ފާފައަކީވެސް ކުރަން ފަށައިފިނަމަ ދެވިހިފާ ކަމެކެވެ. ޚާއްޞަކޮށް ފާޙިޝް ޢަމަލްކުރުމަކީ ވަރަށް ފަސޭހައިން ދެވިހިފާ ކަމެކެވެ. ޤުރްއާނުގައި ޒިނޭ ނުކުރަން އޮތުމުގެ ބަދަލުގައި ޒިނޭ އާއި ކައިރިނުވަން އޮތީ އެސަބަބަށްޓަކައެވެ. ވައި އެޅެވުނަސް ސަލާމަތްވާން އުނދަގޫވާނެތީއެވެ.
ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރައްވާށެވެ!
އޭނާއަކީ ކައިވެނިކޮށްގެން އުޅޭ ތަނަވަސް މީހެކެވެ. އަނބިމީހާއަކީ ވަރަށް އަޚްލާޤް ރަނގަޅު ތަޤްވާވެރި ފިރިމީހާއަށް އަޅައިލާ ލޯބިދޭ އަންތބެކެވެ. އެހެންކަމާއިއެކުވެސް ހިލޭ އަންހެނުން ގެންގުޅުމާއި މީހުންގެ އަނބިން ފަހަތުން ދުވަން އޭނާ ހުންނަނީ ވަރަށް ބޮޑަށް ދެވިހިފައިފައެވެ.
އެއީ ފަޤީރު ދެމަފިރިއެކެވެ. ދިރިއުޅެނީ ގެއެއްގެ 6 ވަނަބުރިން ފްލެޓެއް ކުއްޔަށް ހިފައިގެންނެވެ. އެދެމަފިރިންނަށް އެހީތެރިވެދީ މާހެޔޮ އެދޭ މީހެއްކަމަށް ހެދިގެން އުޅެމުން އެއްރޭ ގޭގައި ފިރިމީހާ ނެތްވަގުތު އެގެއަށް ވަދެ އަނބިމީހާއަށް ތަފާތު ހުވަފެންތައް ދައްކަމުން އެދެމަފިރިން ނިދާ ކޮޓަރިއަށް ދެމީހުން އެކުގައި ވަންވަގުތެވެ. އެނގުނީ ކުއްލިއަކަށް ފިރިމީހާ ގެއަށް އައިކަމެވެ.
ފިރިމީހާއަކީ ވަރަށް ރުޅިގަދަ މީހެކެވެ. ފަޅާއަރައިފިނަމަ ކުރާނީ ކޮންފަދަ ކަމެއްކަންވެސް ނުއެނގޭތީ ބެލްކަނީ ދޮރާ ދިމާއަށް އޭނާ ވައްދައި ދޮރުފޮތިގަނޑުން ފަރުދާކުރިއެވެ. ނުކުމެވޭނެ ހަމައެކަނި ގޮތަކަށް އޮތީ ބެލްކަނީން ބޭރަށް ފުންމާލުމެވެ. ފުންމާލަން ބަލާއިރު 6 ވަނަ ބުރިއެވެ.
ފިރިމީހާ ކޮޓަރިއަށް ވަންތަނުން އޭނާގެ ދެފައިތިލަ ފެނިއްޖެއެވެ. ފިރިމީހާ އަޅައިވެސް ނުލައެވެ. އެއްޗެތި ބަދަލުކޮށްގެން އެނދުގައި އޮށޯތީއެވެ. އަނބިމީހާ ގާތުގައި ބުނީ ވަރަށް ގަދައަށް ބޮލުގަ ރިއްސާ ކަމަށާއި ބޯމޮޑެލައި ދިނުމަށެވެ. ކާންވެސް ކޮޓަރިއަށް ގެނެސްދިނުމަށެވެ.
ނިދަންވުމުން ދޮރުތަޅުލައި ތަޅުދަނޑި ނަގައި ތަޅުދަނޑި ގެނެސް ބޯއަޅާ ބާލީހުގެ އުރައިގެ ތެރެއަށްލުމުން ކަންކަން ގޯސްވެއްޖެކަން އަނބިމީހާއަށް ވިސްނުނެވެ. އަދި އެމީހާއަށްވެސް އެނގުނެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ހުރިގޮތަށް ހުރީއެވެ. ބަނޑުހައިވެއެވެ. ފެންބޮވައެވެ. ފާޚާނާކުރަންބޭނުންވެ ކޮޅުންލަނީއެވެ!
އެންމެފަހުން އޭނާއަށް ކެތްނުކުރެވިގެން ކޮންމެ ހާލެއް ޖެހުނުނަސް ހެޔޮކަމަށް ބެލްކަންޏަށް ނުކުމެ ބޭރަށް ފުންމައިލީއެވެ. ފުރާނަ ސަލާމަތްވިއެވެ. ނަމަވެސް އިނދަޖެހިފައި މައިކަށްޓަށް ލިބުނު ގެއްލުމުގެ ސަބަބުން ތިރީކޮޅުން ވާގިދިއައީއެވެ. ޢުމުރަށްވެސް އަންހެނަކާއި ކައިރިނުވެވޭނެގޮތްވީއެވެ!
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިން ކޮމެންޓްކުރައްވާށެވެ! އިތުރު ކޮމެނެއްޓެއް ކުރާކަށް އަޅުގަނޑު ނެތީމެވެ!
- ޙުސްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް