3 އަހަރުގެ ކުޑަކުއްޖަކު އާދައާ ޚިލާފް ކަމަކުން މަރުވެ މައިންބަފައިންނަށް ބޮޑު ހިތާމައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
3 އަހަރުގެ ކުޑަކުއްޖަކު އާދައާ ޚިލާފް ކަމަކުން މަރުވެ މައިންބަފައިންނަށް ބޮޑު ހިތާމައެއް!

އެމެރިކާގެ ފްލޮރިޑާގަ ކުޑަކުއްޖަކު އާދައާ ޚިލާފް ކަމަކުން ނިޔާވެ މައިންބަފައިންނަށް ބޮޑު ހިތާމައެއް ލިބިއްޖެއެވެ.  

އެއީ 3 އަހަރުގެ ކުޑަ އަންހެންކުއްޖެކެވެ. ކުއްޖާ ބަލަން ހުރި ކުއްޖާ ބަލަހައްޓާ މީހާ ކުއްޖާއާއިއެކުގައި ކުޅެން އިނދެފައި ދިއައީ ގާތުގައި ހުރި ފިހާރައަކަށް އެއްޗެއް ގަނެލުމަށެވެ.  

އެނބުރި އައިސް ބެލިއިރު ކުއްޖާ އޮތީ ކުޅޭގޭގެތެރޭގައެވެ. ކުއްޖާގެ ގައިމައްޗަށްވަނީ ސޮފްޓް ޓޯއިތަކެއް އެޅިފައެވެ. އެއްއެއްޗެތި ނަގައި ބެލިއިރު ކުއްޖާއަށް ނޭވާލުމުގެ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާތާ 1 ދުވަސްފަހުންނެވެ.

މިޙާދިސާ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ރާއްޖޭގައިވެސް މިހާރު ކުޅޭގެތައް ބޭނުންކުރެއެވެ. އެއިގެ ތެރޭގައި ތަފާތު ވައްތަރުގެ ގެތައް ހިމެނެއެވެ. ގެތަކުގައި ސޮފްޓް ޓޯއިތައްވެސް ބަހައްޓައެވެ.  

ސަމާލުކަންދޭންވީ ކުއްޖާ އެކަނި ދޫކޮށްނުލުމަށެވެ. ކުއްޖާއުޅޭގޮތާ ކަންކަން ވާގޮތް ބެލުމަށެވެ. އެކަންކަމަށް އިހްމާލްވުމަކީ މިފަދަ ދެރަ ގޮތްތައް މެދުވެރިވެދާނެކަމެކެވެ. ބޭރަށް ނުދިއަ ނަމަވެސް ދުރުގައި ގިނަ ވަޤުތު ހޭދަކުރުމާއި ފޯނާކުޅެން ނަމަވެސް ވާނުވާ ނުބަލައި ގިނަ ވަޤުތު ހޭދަނުކުރުމަށެވެ.

މިއަދު އޮންލައިން