އިތުރު ފިހާރައެއް ހުޅުވަން ވިސްނަންވާނީ ފުރަތަމަ ފިހާރަ ރަނގަޅަށް ހިންގަމުން! އިތުރު އަނބިން ހޯދަން ވިސްނަންވާނީ ފުރަތަމަ އަނބި ރަނގަޅަށް ބަލަހައްޓަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިތުރު ފިހާރައެއް ހުޅުވަން ވިސްނަންވާނީ ފުރަތަމަ ފިހާރަ ރަނގަޅަށް ހިންގަމުން! އިތުރު އަނބިން ހޯދަން ވިސްނަންވާނީ ފުރަތަމަ އަނބި ރަނގަޅަށް ބަލަހައްޓަމުން!

ވިޔަފާރިއަށް ބަލާށެވެ! އިތުރު ފިހާރައެއް ހުޅުވަން ވިސްނަންވާނީ ފުރަތަމަ ފިހާރަ ރަނގަޅަށް ހިންގަމުންނެވެ. ދެވަނަ ފިހާރައެއް ހުޅުވައިގެން ހިންގާނެ ކެޕިޓަލް ހުރުމުގެ އިތުރަށް ވަޤުތުވެސް ދެވޭނެނަމައެވެ. ފުރަތަމަ ފިހާއިގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެނަމައެވެ.

އިތުރު އަނބިން ހޯދާނަމަވެސް ކަންތައްކުރަން އޮތީ ހަމަ މިގޮތަށެވެ. ފުރަތަމަ ކަމަކަށް ފުރަތަމަ އަނބިމީހާއަށް ހެޔޮކޮށްހިތައި އޭނާ ގޮވައިގެން ރަނގަޅަށް އުޅެވޭތޯ މަސައްކަތްކުރާށެވެ. އެކަމަށް ޔަޤީންކަން ނުލިބެނީސް ދެވަނަ ކައިވެންޏާއިމެދު ނުވެސް ވިސްނާށެވެ. އިތުރު ފިހާރަ ހުޅުވުން ފަދައިން އިތުރު އަނބިން ހޯދާނަމަ ފުދުންތެރިކަން ހުންނަންވާނެއެވެ. ވަޤުތުވެސް އޮންނަންވާނެއެވެ.  

ހަމައެއާއިއެކު ވިސްނާށެވެ! އެއްވެސް ކަމެއްގައި ދޮގުހެދުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. ވީމާ ދެވަނަ ނުވަތަ އިތުރު ކައިވެނިކުރުމަށްފަހު އަނބިންނަށް ދޮގުނުހަދާށެވެ. ތެދުބަހުން ބުނާށެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމަކަށް ކުރިމަތިލުމުގެ ހިތްވަރުވެސް ހުންނަންވާނެއެވެ. ސަބަބަކީ މައްސަލަ ކުރިމަތިނުވާނީ މަދުފަހަރަކުއެވެ. ގިނަ ފަހަރު މައްސަލަތައް ކުރިމަތިވާނެއެވެ.  

އަންހެނުންނަށްވެސް ވާހަކައެއް ބުނެލާނަމެވެ. އެއީ ލޯބިވެރިޔާއަށް ކިތަންމެ އިތުބާރުކުރިޔަސް، އޭނާދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް އިތުރު އަނބިން ނުހޯދާނެ ކަމަށް ޔަޤީންކޮށްގެން ކައިވެނިނުކުރާށެވެ. ކައިވެނި ނުކުރެވި ތިބި އަންހެނުންގެ ޢަދަދު މިހާގިނަވެ، ފިރިހެނުންގެ ފަހަތުން ދުވަމުންދާއިރު އެކަމުން ސަލާމަތްވެ ހުރެވޭނީ މަދުފިރިއަކަށެވެ. ސަލާމަތްވެ ހުރެއްޖެނަމަ އެއީ ތިބާގެ ނަޞީބެވެ. ޔަޤީން ނުކުރަންވީ އެވަރުގެ ނަޞީބުވެރިއަކަށްވެވޭނެ ކަމެވެ. އެހެންވެ އަހުރެން ކައިވެނިކުރީ 4 އަނބިން ހަމަކޮށްފާނެކަމަށް ވިސްނައިގެންހުރެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން