މިއީ ތޯތޯ ވާހަކައެއް ނޫން! ތިބާދެކެ ލޯބިވާ، ޢުމުރަށް އެކުގައުޅެން ބޭނުންވާ ބައިވެރިންގެ ކިބައިން ފެންނާނެ 3 ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މިއީ ތޯތޯ ވާހަކައެއް ނޫން! ތިބާދެކެ ލޯބިވާ،
ޢުމުރަށް އެކުގައުޅެން ބޭނުންވާ ބައިވެރިންގެ ކިބައިން ފެންނާނެ 3 ސިފަ!


ލޯބިވާކަމަށް ބުނެ ކައިވެނީގެ ކުރިން ދައްކާ ވާހަކައިގެ ތެދުކަމާ އަދި ކައިވެނިކޮށް ދެމަފިރިންކަމަށްވުމުން ތިމާދެކެ ޙަޤީޤީ ލޯބިވާކަން އެނގޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން މިސުވާލަށް ޖަވާބުދޭން މަސައްކަތްކުރާނަމެވެ.

އަހުރެންގެ ވިސްނުމުން އެކަންކަން އެނގޭނެ ހަމައެކަނި ގޮތަކީ:

 1 ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް އެހެން މީހަކަށް ބޭނުންނުވުމެވެ. މާނައަކީ ބައިވެރިޔާއަށް ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް އޭނާގެ ކިބައިން ވަކިވެ އެހެންމީހަކާއި ގުޅެން ނުވިސްނުމެވެ.

 2 ކުށެއް ކުރެވުނަސް އަނެކާ އާއި ވަކިވަން ބޭނުން ނުވުމެވެ. އަނެކާއަށް ކުށެއް ކުރެވުނަސް މާފުކުރުމާއިއެކު ނަޞީޙަތްދީ އިޞްލާޙްކުރުވައިގެން ނަމަވެސް އެކުގައި އުޅެން ބޭނުންވުމެވެ.

3 ދެމީހުން އެކުގައި ސުވަރުގެދިއުމަށް މަސައްކަތްކުރުމެވެ. (އެފަދަ މީހަކު ކައިވެނީގެ ކުރިން ފާފައެއް ކުރުވާކަށް ބޭނުމެއްވެސް ނުވާނެއެވެ.)

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ހަމައެކަނި އެންމެ ސަބަބަކަށްޓަކައެވެ. ތިބާދެކެ އޭނާ  ޙަޤީޤީ ލޯބިވާތީއެވެ. ތިބާއަކީ އޭނާގެ އަމިއްލަ މީހެއްކަމަށް ޤަބޫލްކުރެވޭތީއެވެ. ދެދުނިޔޭގައިވެސް ވަކިވާން ބޭނުންނުވާތީއެވެ.

ތިމާގެ ހިތަށް އަރާއިރަށް ނުވަތަ ނަފުސްއެދޭއިރަށް އެހެން މީހެއްގެ ގާތަށް ދެވޭނަމަ އެއިގެ މާނައަކީ އަނެކާދެކެ ޙަޤީޤީ ލޯބިނުވާކަމެވެ. ލޯބިވާކަން ތެދުވެރި ޢަމަލުން ނުދެއްކޭނަމަ ލޯބިނުވެވެނީއެވެ. ހެކި ނެތި ކަމެއް ޘާބިތުކޮށް ނުދެވޭނެފަދައިންނެވެ. ހަމައެފަދައިން ބަދަލުނުވެވޭނަމަ (އިޞްލާޙް ނުވެވޭނަމަ) މާފުކުރުމުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ.

 

ހަޤީޤީ ތަޝައްރަފް ފުދުމަކީ މައްސލަތަކުން ސަލާމަތްވެ ތިމާއަށް ފައިދާކުރާނެ ގޮތަށް ދިރިއުޅެން އެނގުމެވެ. ހުސްއަނގަތަޅާ މީހުންނަށް ވަޤުތުނުދޭށެވެ! އިޙްތިރާމްނުކުރާ މީހުންނާ ގުޅުން ބަދަހިނުކުރާށެވެ. އެމީހުންނާ ކައިރިވެސް ނުވާށެވެ.

 

ތަޝައްރަފް ފުދިއްޖެނަމަ އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމެއް ނުކުރާނެއެވެ. ޒަވާޖީ ޙަޔާތް ރޫޅިގެންހިނގައިދާނެ ކަންކަމެއް ނުކުރާނެއެވެ. ތިމާގެ ޞިއްހަތަށާއި އާމްދަނީ އިތުރުކުރަން ސަމާލުކަންދޭނެއެވެ.

 

އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ނަމަވެސް މިބުނިކަންކަމަށް ސަމާލުކަންދީގެން އުޅޭނަމަ އެމީހަކީ ބުއްދިވެރިއަކު ކަމުގައިވާނެއެވެ. ހިތްހެޔޮ އަދި ރަނގަޅު މަޤްޞަދެއްގައި ދިރިއުޅޭ މީހަކަށްވާނެއެވެ. އިން ޝާ ﷲ

މިބުނި މަގުން ދިރިއުޅެވޭނީ އަތުގަހުރި މިންވަރަށް ފުދިގެން އުޅޭ މީހުންނަށް އެކަންޏެވެ. ހަމައެއާއިއެކު ޝައިޠޯނާގެ ވަސްވާސްތަކުން ކިލަނބުނުވާ ސާފުޠޯހިރު ހިތެއް ލިބިފައިވާ މީހަކަށެވެ. ދުނިޔޭގެ އުފަލަކީ އެންމެ މުހިންމުކަންތައް ނޫންކަމާއި އެންމެ މިހުންމީ އާޚިރަތް ކާމިޔާބުވުންކަމަށް ދެކޭ މީހުންނަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން