ފިރިހެނުންގެ އަތުން ފައިސާ ހޯދުމަކީ ދެވިހިފާކަމެއްކަމަށް މީހުން ބުނެއެވެ. އެއީ ހަމަ ތެދެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ބޮޑު ތެދެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އަޅުގަނޑުގެ ވާހަކަކޮޅު ވާހަކައަކަށްވުރެ ބޮޑަށް ބުރަމިކުރީ ނަޞޭޙަތަކަށެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެކަމަށް ހީކުރަމެވެ. ވިސްނަވައިގެން ވިދާޅުވާށެވެ!
މިކިޔައިދެނީ އަޅުގަނޑު ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ބަލައިގެން އުޅުނު ދެކުއްޖަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ.
ފުރަތަމަ ކުއްޖާ: ކޮވިޑުގެ ޙާލަތާއި ގުޅިގެން އޭނާގެ މުސާރަ 9000 ރުފިޔާއިން 7000 ރުފިޔާއަށް ކުޑަވިއެވެ. އެއީ އެންމެ 2000 ރުފިޔާގެ އުނިވުމެކެވެ.
އެކުވެރިޔާއަށް ލިބުނު ކުޑަކުޑަ އުނިކަން ފޫބައްދަން ފިރިހެނުންގެ އަތުން ފައިސާ ހޯދަން ފެށިއެވެ. މަޑުމަޑުން އެކަން ދެވިހިފައި ކުރިއަރަމުން އައިސް ހަމަމުސާރަ ލިބެންފެށުމުން ވެސް ލިބޭވަރު މަދުވެ އޭނާ މިހާރުވަނީ ވަޒީފާ ދޫކޮށްލައިފައެވެ. މިހާރު އަދާކުރާ ވަޒީފާއަކީ ފިރިހެނުންގެ އަތުން ފައިސާހޯދުމެވެ.
މަރުވާނެކަންމަތިން ހަނދާނެއް ނެތެވެ. މިކެވެނީ ޙަރާމް ކަންކަން ކޮށްގެން ހޯދާ ފައިސާކަން ޤަބޫލެއް ނުކުރެވެއެވެ. ވީމާ ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދާނަމަ ކޮންމެ މީހަކަށްވެސް މެދުވެރިވާނީ މިފަދަ ގޮތެކެވެ. ދުނިޔޭގައި އުފާކުރެވިދާނެއެވެ. ނަމަވެސް މަރުވުމުން ދެން އޮތީ ނަރަކައިގެ ހޫނެވެ.
އަނެއް ކުއްޖާގެ ވާހަކަވެސް ބުނެލާނަމެވެ. ވިހި ފަންސަވީސްހާސް ރުފިޔާ ލިބެމުން އައި ހަމަ އަންހެން މުވައްޒިފެކެވެ. މުސާރަ އެންމެ 3000 ރުފިޔާއަށް ކުޑަވެގެންވެސް ދިއައެވެ. ނަމަވެސް އެކުއްޖާ ހަމަ ރިވެތިގޮތުގައި ކެތްތެރިވެލީއެވެ.
އޭނާގެ ވާހަކަ އޭނާގެ ދުލުން:
އަޅުގަނޑުގެ މިހާރުގެ ޢުމުރަކީ 63 އަހަރެވެ. ވަރަށް ދަތިޙާލުގައި އުޅުނީމެވެ. 2 ދަރިންނަށް އެއްއިރު ކާންދީގެން އެކަނިވެރިމައެއްގެ ގޮތުގައިވެސް އުޅުނީމެވެ. ނަމަވެސް ކެތްތެރިވުމުން މިއަދު އަޅުގަނޑަކީ 2 ދަރިންވެގެން ފްލެޓެއް ގަނެދީފައި ބައިންދާފައި އިން މަންމައެކެވެ. ކުދިން އުޅެނީ ގެހަދައިގެން ގޭގައެވެ. ހުޅުމާލޭގެ މާޙައުލު ރަނގަޅުވީމާ އަޅުގަނޑު ހުޅުމާލޭގައި އުޅެން ފްލެޓެއް ގަނެދިނީއެވެ. ފިރިމީހާ އާ އަޅުގަނޑުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ދެބެއިންނެވެ. މިއަށްވުރެ ބޮޑު ތަނަވަސްކަމެއް ލިބޭނެތޯއެވެ؟ ކޮންމެ ހަފްތާ ބަންދެއްގައި މާމަކުދިން ގެނެސްދީ އެންމެން އެކުގައި އުޅެމެވެ. މިއަށްވުރެ ބޮޑު އުފާވެރިކަމެއް ލިބޭނެތޯއެވެ؟
- މަރްޔަމް މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް