މިބުނެދެނީ ކައިވެނި ދަމަހައްޓަން އަނބިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިބުނެދެނީ ކައިވެނި ދަމަހައްޓަން އަނބިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް!

އަނބިމީހާއަށް އުޅޭނެ ގޮތަކަށް އުޅުމުގެ މިނިވަންކަން ދީފިނަމަ ދެމީހުންގެ ގުޅުން އެއޮތީ އެންމެ ބޮޑު ނުރައްކަލުގައި ކަމަށް ބުނެފިނަމަ އަނބިމީހާވެސް ކަމަށް ގިނަ ބައަކު ބުނާނެއެވެ. އެކަމަށް އަހުރެންވެސް އެއްބަސްވަމެވެ. ނަމަވެސް މިބަސް އަހުރެން ބޮޑަށް ނިޞްބަތްކުރާނީ ފިރިންނަށެވެ.  

އެއީ ޢާންމު ގޮތެއްގައި ދިރިއުޅުމަށް ޤަވާޢިދުތައް ހަދާނީ ފިރިހެނުންކަމަސްވާތީއެވެ. އެމީހުންހަދާ ޤަވާޢިދުތައް ދަމަހައްޓަންވެސް މަސައްކަތްކުރާނެއެވެ. ނުހިފަހައްޓާނަމަ އަދަބުވެސްދޭނެއެވެ. ހަމައެއާއިއެކު މިފަދަ އަންހެނުންވެސް ތިބެއެވެ. ނަމަވެސް މަދުވާނެއެވެ. އެއީ ގިނަ އަންހެނުންނަކީ އެކަނބަލުންނަށް ލޯބިކޮޅެއް ލިބުނަސް ފުއްދާލައި ނުލިބޭބައަށް މާފުކުރާ ބައަކަށްވާތީއެވެ. ގިނަ ފިރިހެނުންގެ ފިރިހެނުންގެ އެސިފަ ކުޑަވާނެއެވެ.  

ވީމާ ފިރިއަކު އަނބިމީހާއަށް އޭނާ އުޅޭނެ ގޮތަކަށް އުޅުމުގެ މިނިވަންކަން ދީފިނަމަ އެކަމަކީ ލިބުނު މިނިވަންކަމެއްގެ ގޮތުގައި ނުދެކޭށެވެ. އެއީ އެންމެ ނުރައްކައުތެރި ޙާލަތަށް ވައްޓައިލުމެވެ. އެކަމަށް ސަމާލުކަން ނުދީ އެއީ ލިބުނު މިނިވަންކަމެއް ކަމަށް ދެކެފިނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގައެވެ.  

ބުއްދިވެރި އަންހެނަކަށް އެމިނިވަންކަންދީފިނަމަ ބޮޑަށް އަޅުވެތިވާނެއެވެ. އަޅުވެތިވުން މާނަމިކުރަނީ އަޅަކަށްވުމަކަށް ނޫނެވެ. ލިބުނު މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އެއީ ފިރިމީހާ ނުރުހޭ ކަންކަން ނުކުރުމާއި ފިރިމީހާގެ ޚިޔާލުހޯދައިގެން ކަންކަން ކުރުމެވެ. ކުރާ ހުރިހާ ކަމެއްވެސް ފިރިމިހާއަށް އަންގައިގެން ކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން