އަނބިމީހާ، އޭނާގެ ގޮތުގަ ބައިންދަން ބޭނުންނުވާނަމަ އަނިޔާވެރިނުވެ މިނިވަންކުރާށެވެ! ހިފަހައްޓައި އަނިޔާވެރިވާނަމަ ﷲ ގެ ކޯފާއާ ކުރިމަތިލާންޖެހުން ވަރަށް ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަނބިމީހާ، އޭނާގެ ގޮތުގަ ބައިންދަން
ބޭނުންނުވާނަމަ އަނިޔާވެރިނުވެ މިނިވަންކުރާށެވެ! ހިފަހައްޓައި އަނިޔާވެރިވާނަމަ ﷲ
ގެ ކޯފާއާ ކުރިމަތިލާންޖެހުން ވަރަށް ގާތްވާނެ!


އަނބިމީހާއަށް އޭނާގެ ޙައްޤުތައް ނުދޭ، އަދިވަރިކޮށް މިނިވަންކުރަން ދެކޮޅުހަދާ މީހުންނަށް އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން އެމީހަކު ފާފަވެރިވާނެ ކަމެކެވެ.

ވަރިއަކީ ހުއްދަކުރެއްވެވި ނަމަވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތަކެވެ. އެހެންކަމާއިއެކުގައިވެސް ކީރިތި ޤުރްއާނުގައި ވަރީގެ ވާހަކަތައް ބަޔާންކުރައްވަވާފައި އެވަނީ ކީއްވެގެން ހެއްޔެވެ؟ 

"އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞީޙަތް ދެއްވާފައިވާގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، ޠޯހިރު ކަންބޮޑު ގޮތަކީވެސް އެއީމެއެވެ. (ތިޔަބައިމީހުންނަށް މަޞްލަޙަތު ހުރިގޮތް) ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (އަލް ބަޤަރާ: 232)  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ދިރިއުޅެމުން ގޮސް އަނބިމީހާ އާއިއެކުގައި ދިރިނުއުޅެން ނިންމުމަމަށްފަހު ކަސްތޮޅުއަޅުވައިގެން އަނބިމީހާ ނުހިފަހައްޓާށެވެ. އެގޮތަށް އެކަންކުރާނަމަ ﷲ ތަޢާލާ އެމީހަކު ކަސްތޮޅު އަޅުއްވަވައިފާނެތެވެ.  

އަދިކީއްހެއްޔެވެ؟ އަނބިމީހާ އާއިމެދު އެގޮތަށް ނުބައިކޮށް ކަންކަން ކުރުމަކީ އެމީހެއްގެ ތަޤްވާވެރިކަން ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އެހެނީ އެފަދަ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވެއެވެ.  

ދަންނާށެވެ! އަނބިމިހާއަކީވެސް އަދި އެއްވެސް މީހަކީ ތިބާގެ އަޅެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އަޅުންނެވެ. ވީއިރު އަޅުވެތިކޮށްގެން އެއްވެސް މީހަކު ގެންގުޅެން ތިބާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ތިބާ ގެންގުޅެން ބޭނުން ނުވާނަމަ އޭނާއަށް ރަޙުމްކޮށް ހެޔޮގޮތުގައި އަނބިމީހާ މިނިވަންކުރާށެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށް ރަޙުމްކުރައްވަވާނެތެވެ. އިން ޝާ ﷲ  

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން