ﷲ ވާޖިބް ކުރައްވަވާފައިވާ ގުޅުންތައް ބަހައްޓަން ބައިވެރިޔާއަށް ހުރަސްނާޅާށެވެ! އެކަން ހުއްދަވެގެން ނުވެއެވެ!

ކިޔުމަށް ހޭދަވާނީ 49ސ
ﷲ ވާޖިބް ކުރައްވަވާފައިވާ ގުޅުންތައް ބަހައްޓަން ބައިވެރިޔާއަށް ހުރަސްނާޅާށެވެ! އެކަން ހުއްދަވެގެން ނުވެއެވެ!

ސިއުޒާ

 

ދެމަފިރިއަކު ކައިވެނި ކުރުމާއިއެކު، އަނބިމީހާ އޭނާގެ އާއިލާއާއި ބައްދަލު ނުކުރުމާއި އަދި އޭނާގެ ގެއަށް އަނބިމީހާގެ މީހުން އައުން މަނާކުރުން ފަދަ ކަންކަން ޝަރުތު ކުރުން ހުއްދަވެގެން ނުވެއެވެ. އަދި ހަމަ އަނބިމީހާވެސް ފިރިމީހާ އޭނާގެ އާއިލާއާއި ބައްދަލު ކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނޭޅޭނެއެވެ.  

ފިރިމީހާ އެގޮތައް އަމުރު ކުރާނަމަ، އަނބިމީހާއަށް އޭނާއަށް ނުކިޔަމަންތެރި  ވުމުގެ ޙައްޤު ލިބިގެން ވެއެވެ. އެކަމަކަށް އޭނާ ފާފަވެރިއެއް ނުވާނެއެވެ. ސަބަބަކީ، އެއީ އޭނާ އެކުރީ ހަރާމް ކަމަކަށް ވީތީއެވެ.

އަދި، އެމީހުންގެ ރަޙްމަތްތެރިންގެ މައްޗަށް ވެސް ޙައްޤެއް ވެއެވެ. ފިރިއަކު، ކައިވެނި ކުރުމުން އޭނާގެ ރަޙްމަތްތެރިން ނުގެއްލެއެވެ. އަނބިމީހާވެސް ކައިވެނި ކުރުމުން އޭނާގެ ރަޙްމަތްތެރިން ނުގެއްލޭނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ރަޙްމަތްތެރިންނަށް އިޙްތިރާމް ކުރެއްވެވިއެވެ.

 

- ޢިލްމްވެރިއެއްގެ ބަސްފުޅަކުން

- މިއަދުނޫސް  

މިއަދު އޮންލައިން