ކައިވެނި ކުރުމުގައާ ކައިވެނި ދެމެހެއްޓުމުގަ ފުރަތަމަ ބަލަންވީ ރަސޫލް ޞޢޥ ގެ ދިރިއުޅުއްވުމަށް! ދަމަހައްޓަންވީ އެސުންނަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކައިވެނި ކުރުމުގައާ ކައިވެނި ދެމެހެއްޓުމުގަ ފުރަތަމަ ބަލަންވީ ރަސޫލް ޞޢޥ ގެ ދިރިއުޅުއްވުމަށް! ދަމަހައްޓަންވީ އެސުންނަތް!

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަށް ދެބަސްވުމެއް ނެތެވެ. މައްސަލައަކަށްވަނީ ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން ހަތިޔާރަކަށް ސުންނަތް ބޭނުންކުރީމައެވެ. އެއިރުން އެދެވެނީ ރަނގަޅު މިސްރާބަކަށް ނޫނެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އިތުރު އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއިމެދު ކަންކަން ބެހެއްޓެވި ގޮތަށް ޢަމަލުކުރާނެނަމަ އަހުރެން މިހުރީ 4 ވަނަ އަންތބަށްވެސް ކައިވެނި ކުރަން ތައްޔާރަށް ކަމަށް ބުނާ އަންހެނުން ވަރަށް ގިނައެވެ. ވީމާ އަނބިންގެ ޢަދަދު ގިނަކުރަން ބޭނުން އެކަމަށް ސަމާލުކަންދީފިނަމަ ވަރަށް ފައިދާކުރާނެކަން ފާހަގަކުރެވެއެވެ.  

ނަމަވެސް ކަންކަން މެދުވެރިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. މޫނުބުރުގާއަޅާ ތަޤްވާވެރި އަންހެނަކާއި ދެއަންތބަށް ކައިވެނިކުރަން ބޭނުންވެގެން އުޅުނު މީހެކެވެ. އެކަމަށް އަންހެނަކު ކުރިމަތިލިއެވެ. ކުރިއަށް ނުގެންދެވި ހުއްޓުނީ އެކަހެރިކޮށް ދެމީހުން ބައްދަލުކުރަން އަންހެންމީހާ ދެކޮޅުހެދުމުންނެވެ.  

މިވީ ކިހިނަކުން ހެއްޔެވެ؟ ކައިވެނީގެ ކުރިން އެކަހެރިކޮށް ބައްދަލުކުރީމާ ތަޤްވާވެރިކަން ކޮބައިހެއްޔެވެ؟  

ތިރީގައިވާ ވާހަކަވެސް ވިދާޅުވެލައްވާށެވެ! 

ސުންނަތުގައި އޮތީ ހަމައެކަނި ގިނަ އަންހެނުންނާއި ކައިވެނިކޮށް އަނބިންގެ ޢަދަދު އިތުރުކުރަންކަމަށް ވިސްނިގެން އުޅޭ ބައަކު އުޅެއެވެ. އެމީހުން ނިކަން ޖަވާބުދީބަލާށެވެ!  

ރަސޫލާ (ﷺ) ކެއްކުމުގައި އަނބިއަނބަކަނބަލުންނާ ބައިވެރިވެވަޑައިނުގަންނަވާހެއްޔެވެ؟

ތެލިތަށި ސާފުނުކުރައްވަވާހެއްޔެވެ؟

އެކަނބަލުންނަކީ ނޯކަރުން ކަމަށް ހެއްދެވިހެއްޔެވެ؟

ބެއްލެވީ ކޮންމެ ކަމެއްގައިވެސް ބައިވެރިންގެ ގޮތުގައި ނޫންހެއްޔެވެ؟  

އަހުރެން ދަންނަ ގޮތުގައި މިއީވެސް ހަމަ ސުންނަތްތަކެވެ.. އެކަމަކު ކަލޭމެންނަށް ފެނިގެން ތިއައުޅެނީ އެންމެ ސުންނަތެކެވެ. އަނބިންގެ ޢަދަދު ގިނަކުރުމުގެ ސުންނަތެވެ.  

މިހެންބުނީމާ ރުޅިގަދަވާންވީއެއްނޫނެވެ. ހުރިހާ ގޮތަކުން ރަސުލާ (ﷺ)އާ އެއްގޮތް ވުމަށް މަސައްކަތްކުރަންވީއެވެ!  

 

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން