ﷲ ގެ މަގުގަ ހިތް ޠޯހިރުކޮށް ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ 3 ކަމެއް! ކޮށްފިނަމަ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ﷲ ގެ މަގުގަ ހިތް ޠޯހިރުކޮށް ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ 3 ކަމެއް! ކޮށްފިނަމަ ޝައިޠޯނާއަށް ކައިރިވެސް ނުވެވޭނެ! އިން ޝާ ﷲ

އިންސާނާގެ ހުރިހާ އެއްޗަކީވެސް ހިތްކަމަށް ބުނެވެނީ ހިތުގެ މުހިންމުކަން ބޮޑުކަމުންނެވެ. އިންސާނަކަށް ރިވެތި ދިރިއުޅުމެއް އުޅެވޭނީވެސް ހިތް ޠޯހިރުވެގެންނެވެ. ޢަބުރާއި ޢިއްޒަތް ރައްކައުތެރިކުރެވޭނީވެސް ހިތް ޠޯހިރުކުރެވިގެންނެވެ. ހިތް ޠޯހިރު ނުކުރެވި ޢަމަލުތައް ޠޯހިރު ނުކުރެވޭނެތީއެވެ.

ހިތުގެ ވިންދުކެނޑި، ވިންދުނުޖަހައިފިނަމަ މަރުވީއެވެ! ފުރާނަ ދިއައީއެވެ. ވީމާ ހިތަކީ އިންސާނާގެ ޙަޔާތުގައި ކިހައި މުހިންމު އެއްޗެއްކަން އެންމެންނަށްވެސް އެނގެއެވެ. ސަލާމަތް ޞިއްޙަތެއްގައި ދިރިހުރުން ގުޅިފައިވަނީ ހިތާއިއެވެ. ހިތް ފޭލަވެއްޖެ ނަމަ މުޅި ހަށިގަނޑު ފޭލިވެގެންދެއެވެ.  

އިސްލާމް ކަމުގައި ވެސް ހިތުގެ ދައުރަކީ ހަމަ މިހައި މުހިންމު ދައުރެކެވެ. ހިތުގެ ޠޯހިރުކަން ގެއްލިއްޖެ ނަމަ ހިތް ނަޖިސްވާނެއެވެ. ހިތް ނަޖިސްވުމަކީ ކޮބައިކަމަށް ހެއްޔެވެ؟ އެއީ ހިތަށް ޝައިޠޯނާ ވެރިވެގަތުމެވެ. ވީމާ އެހިސާބުން މިހާގެ އީމާންކަމާއި ތަޤްވާވެރިކަން ފޭލިވެގެންދެއެވެ. އިސްލާމީ ވަންތަކަމުގެ ސިފަތައް މީހާގެ ކިބައިން ގެއްލިގެންދެއެވެ.  

ވީމާ ހިތް ޠޯހިރުކަންމަތީގައި ބާއްވަން ބޭނުންވާ މީހާއަށް ކުރެވިދާނެ ބައެއް ކަންކަން ބުނެލާނަމެވެ.  

- މީހުންނަށް އަނިޔާވެރިވުމުގެ ބަދަލުގައި ރަޙުމްކުރާށެވެ!

- ހަރުކަށިކަން ދޫކޮށްލައި އޯގާތެރިކަން އިސްކުރާށެވެ.

- ހަސަދަވެރިވުން ދޫކޮށްލައި މާފުކުރާ މީހަކަށްވާށެވެ!  

ހަމަ ގޮންޖަހާފައި ބުނަމެވެ! މިބުނި ފަދައިން ކަންކަން ކުރާމީހާގެ އަމިއްލަ ނަފުސަށްވެސް ލުއިކަން އިޙްޞާޞްކުރެވޭނެއެވެ! ސިކުނޑި ތާޒާވެ އުފާވެރިކަން އިތުރުވާނެއެވެ. އެނގޭ ހެއްޔެވެ؟  

- ރަޙުމް ކުރުމަކީ އަނިޔާވެރިކަން ކޮށައި ކުދިކުދިކޮށްލާ ކަމެކެވެ.  

- އޯގާތެރިވުމަކީ ހަރުކަށިކަން ކޮށައި ކުދިކުދިކޮށްލާ ކަމެކެވެ.

- ހަސަދަވެރިކަން ހެޔޮ އަމަލުތައް އަލިފާނުން އަންދާ ފަދައިން މާފުކުރުމަކީ ހަސަދަވެރިކަން އަނދައި ހުލިކުރާ ކަމެކެވެ.

- ދީލަތި ކަމަކީ ދަހިކަން ހިތުތެރެއިން ދަމާނެރެ ބޭރުކޮށްލާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން