ފިރިމީހާ ތިބާ ދޫކޮށްލަން ބޭނުންވިޔަސް އެކަމަށް ހުރަސްއެޅޭނެ ކަމެއް ތަޖުރިބާއިން އެނގެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފިރިމީހާ ތިބާ ދޫކޮށްލަން ބޭނުންވިޔަސް އެކަމަށް ހުރަސްއެޅޭނެ ކަމެއް ތަޖުރިބާއިން އެނގެން އެބައޮތް!

އަނބިމީހާގެ އެއްވެސް ކުށެއް ނެތިވެސް ކައިވެނި ރޫޅެނީ މަދަކުން ނޫނެވެ. ދިމާވާ ކުދިކުދި ކަންކަން ބޮޑުކަމަކަށްވެގެންވެސް ކައިވެނި ރޫޅެއެވެ. މިފަދަ ކަންކަމުން ސަލާމަތްވެވެން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަމަށް ކުރަން އޮތްކަމެއް މިރޭ ބުނެދޭނަމެވެ. އިން ޝާ ﷲ 

ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ އެމީހުން ދަރިންވިހައި ދަރިން ބަލައި ގޭގެމަސައްކަތްކޮށް އަދި ފިރިމީހާއަށާއި ދަރިންނަށް މީރުކޮށް ކައްކާފައި ކާންދޭނަމަ އެއޮތީ އަނބިމީހާގެ މަސްއޫލިއްޔަތު އަދާކުރެވިފައި ކަމަށެވެ.

ބުނަން ހެއްޔެވެ؟ މިކަންކަމަކީ ކޮންމެ އަންހެނަކަށްވެސް ކުރެވިދާނެ ކަންކަމެވެ. އެހެންކަމަށްވާއިރު ތިބާގެ ކިބައިގައި ހުރި ޚާއްޞަ ކަމަކީ ކޮބައިހެއްޔެވެ؟ ފިރިމީހާގެ ކުރިމަތީގައި އަނބިމީހާގެ އަގުއަރައި އުފުލޭނީ އަނބިމިހާގެ ކިބައިގައި ޚާއްޞަ ކަންތައްތަކެއް ހުރެގެންނެވެ.  

ބުނަންހެއްޔެވެ؟ ތިބާގެ ޚާއްޞަކަން ދައްކަން ނުވަތަ ޚާއްޞަ އަންތބަކަށްވުމަށް އަނބިމީހާގެ މަސްއޫލިއްޔަތު އެއަށްވުރެ މާބޮޑެވެ. ފުރަތަމަކަމަކަށް ފިރިމީހާއަކީ ތަޤްވާވެރިއަކަށް ހަދަން މަސައްކަތްކުރަންޖެހޭނެއެވެ.  ދެވަނަ ކަމަކަށް ފިރިމީހާގެ ސިކުނޑިއަށް ލުއިކަން ހޯދައިދޭން މަސައްކަތްކުރަންޖެހޭނެއެވެ. ކިތަންމެ މަސައްކަތްބުރަޔަސް ފިރިމީހާއަށް ހިނިތުންވުންދޭން މަސައްކަތްކުރަންވާނެއެވެ.  

އަހުރެންނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އަނބިމީހާއަކީ ފަތިސްނަމާދަށް ފިރިމީހާ ހޭލައްވައި ނަމާދުކުރުވާ އަންހެނަކަށް ވެއްޖެނަމަ އޭނާގެ އަގު އުފުލިގެންދެއެވެ. ފިރިމީހާ އޭނާ ދޫކޮށްލަން އުޅުނަސް ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ އެކަމަށް ހުރަސްއެޅެއެވެ. މީގެ އިތުރުން ދެމަފިރިން އެކުގައި ރޭއަޅުކަންކުރާނަމަ އެދެމީހުންނަށް ލިބޭ އުފާވެރިކަން އިންތިހާއަށް ބޮޑުވެގެންދެއެވެ. މިވާހަކަ މިގޮތަށް މިބުނީ ތަޖުރިބާގެ އެހީގައި އެތައް ސަތޭކަ ބައެއްގެ ކިބައިން ލިބިފައިވާ މަޢުލުމާތަށް ބުރަވެއެވެ.

ހުރިހާ އަނބިންގެ ކިބައިންވެސް އަހުރެން އެދެނީ މިކަން ތަޖުރިބާކޮށްލުމަށެވެ. މިއީއަކީ ކުރަން އެހައި ބޮޑު ކަމެއްވެސް ނޫނެއް ނޫންހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން