ކައިވެނިކުރުމަށްފަހު ހިނގާ ކަންކަން ބައިވެރިޔާއަށް ސިއްރުކުރުމުން ލިބޭނެ ދެރައާ ރުޅިގަދަ މީހުންގެ ގާތުގައި އެކަމެއް ބުނަން އެންމެ ފައިދާހުރި ގޮތް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކައިވެނިކުރުމަށްފަހު ހިނގާ ކަންކަން ބައިވެރިޔާއަށް ސިއްރުކުރުމުން ލިބޭނެ ދެރައާ ރުޅިގަދަ މީހުންގެ ގާތުގައި އެކަމެއް ބުނަން އެންމެ ފައިދާހުރި ގޮތް!

ކައިވެނިކުރުމަށްފަހު ބައެއް މީހުން ބައެއް ކަންކަން ބައިވެރިޔާއަށް ސިއްރުކުރެއެވެ. އެއީ އެނގުމުން އޭނާ ރުޅިއަތުވެދާނެ ކަމަށެވެ. ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަން އޭނާއަށް އެނގޭ ދުވަހު ކުރިމަތިވާނެ ކަންކަން މާބޮޑުވާނެއެވެ.  

ބައެއް މީހުން މާފުކުރާނެއެވެ. މައްސަލައަކަށްވަނީ މާފުކުރިޔަސް ހިތުގައި ސުވާލުތައް އުފެދުމެވެ. ސިއްރުކުރީ ކީއްވެގެންތޯއެވެ؟ އަދިވެސް ކިތައް ކަންތައް ސިއްރުކޮށްފައި އޮންނާނެތޯއެވެ؟ ދެން ހުރިހާ ކަމެއް ކިޔައިދޭނެ ހެއްޔެވެ؟

ކުރެވޭ ކުށަކީ މައްސަލައެއް ނޫނެވެ. ނުރަނގަޅު ގޮތަކަށް ކަމެއް ކުރެވުމަކީވެސް މައްސަލައެއް ނޫނެވެ. އެއީ އެންމެންނަށްވެސް އެކަން މެދުވެރިވާނެތީއެވެ. ކުށެއް ނުކުރެވޭނެ މީހަކު ނުހުންނާނެތީއެވެ. ކުރެވުނު ކުށް ބަޔާންކުރުމުން ރުޅިވެސް އަތުވެދާނެއެވެ. އެގޮތަށް އަންނަ ރުޅިއަށްވުރެ ސިއްރުކޮށްގެން ހުއްޓައި އެކަން އެނގުމުން އަންނަ ރުޅި މާގަދަވާނެއެވެ.  

އަދިވެސް މުހިންމު ކަމެއް ބުނެލާނަމެވެ. ބައިވެރިޔާ ނުކުރަން ބުނެފައޮތްކަމެއް ނުކުރާށެވެ. އަދި ބައިވެރިޔާގެ ގާތުގައި ނުކުރާނެ ކަމަށް ވަޢުދުވެފައިވާ ކަމެއްވެސް ނުކުރާނެއެވެ. ކުރާނަމަ އިތުބާރު ގެއްލި ލިބޭނެ ދެރަ މާބޮޑުވާނެތީއެވެ.

ބައެއް ބައިވެރިންނަކީ ރުޅިގަދަ މީހުންނެވެ. އެމީހުންގެ ގާތުގައި އޭނާ ރުޅިއަންނާނެ ފަދަ ވާހަކައެއް ބުނަންޖެހިއްޖެނަމަ ފުރަތަމަވެސް ބުނާށެވެ. "މިވާހަކަ ބުނީމާ ތިބާ ރުޅިއަތުވެދާނެއެވެ. ނަމަވެސް ސިއްރުކުރަން ބޭނުންނުވާތީ ތެދަށް މިބުނަނީއެވެ." އެއިރުން ރުޅިގަދަ މީހުންގެ ރުޅިވެސް މަޑުވާނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން