ޒަވާޖީ ޙަޔާތަށް ފަށައިގަންނައިރު ލަދުވެތިކަމާ ޖެހިލުންވުމުގެ މައްސަލަތައް ހުރުމަކީ ފޫހިވާންޖެހޭނެ ކަމެއް ނޫން! ހެޔޮކޮށްހިތައި ފުރުޞަތު ދިނީމާ ކުރާފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޒަވާޖީ ޙަޔާތަށް ފަށައިގަންނައިރު ލަދުވެތިކަމާ ޖެހިލުންވުމުގެ މައްސަލަތައް ހުރުމަކީ ފޫހިވާންޖެހޭނެ ކަމެއް ނޫން! ހެޔޮކޮށްހިތައި ފުރުޞަތު ދިނީމާ ކުރާފައިދާ މާބޮޑުވާނެ!

ކައިވެނީގެ ކުރިން އެންމެން އުޅެފައި ހުންނާނީ އެއްގޮތަކަށް ނޫނެވެ. ވީމާ ގައިގައި ނުބީހިތިބޭ މީހުންވެސް ތިބޭނެއެވެ. އެމީހުންނަށް ކަންކަން އެންމެ ފިރިހަމަކުރަން ވަޤުތުކޮޅެއް ބޭނުންވާނެއެވެ. އެކަން ހަމައަކަށް އެޅޭނީ ދެމީހުންގެ މެދުގައި ގާތްކަން އުފެދުމުންނެވެ.  

ކައިވެނިކޮށްގެން އެކުގައި ދިރިއުޅެންފަށާތަނުން ބައިވެރިޔާ ބޭނުންވާ ވަރަށް ލޯބި ނުދެވިވެސްދެއެވެ. އެއީ ލޯބިނުވާތީއެއް ނޫނެވެ. ބައެއް މީހުންގެ މިޒާޖުގައި ހުންނަ ސިފައަކަށްވާތީއެވެ. އަދި ބައެއް އަނބިންގެ ލަދުވެތިކަން ބޮޑުކަމުންނެވެ.  

މިފަދަ ކަމެއް ދިމާވިނަމަވެސް އެއީ އަނެކާ ތިމާދެކެ ލޯބިނުވަނީކަމަށް ނުނިންމައި ކެތްތެރިވެލާށެވެ. މަޑުމަޑުން ކަންކަން ބަދަލުވާންފަށާނެއެވެ. އެކަމަށް މުއްދަތެއްވެސް ދޭންވާނެއެވެ. ކަންބޮޑުވާންޖެހޭނީ އެކަށީގެންވާ މުއްދަތެއް ދިނުމުންވެސް ބަދަލުނުވާނަމައެވެ.

ކަންކަން ބަދަލުވެ ތިބާއަށް ލޯބިދޭން ފެށުމުން އަވަހަށް ބަލައިގަންނާށެވެ! ކުރިން ލޯބިނުދީހުރި ވާހަކަނުވެސް ދައްކާށެވެ. އޭނާ މިހާރު އެހުރީ އޭނާގެ ހިތް ތިބާއަށް އެކުގައި ދީގެންނެވެ. އެހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ.  

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ފުރަތަމަ ކޮޅުގައި ގިނަ ފިރިން ބޭނުންވާ ވަރަށް ލޯބިނުދެވިދާނެ އަންހެނުން ވަރަށް ގިނަވާނެއެވެ. އެކަމަށް ބޮޑަށްނުހާކާށެވެ! އަނބިމީހާއަށް ތިބާ ލޯބިދޭނަމަ ކަންކަން އަންނާނީ ބަދަލުވަމުންނެވެ. ދުވަސްކޮޅަކުން ލޯބިދިނުމުގައި ފިރިމީހާއަށް މާކުރީގައި ހުންނާނީ އަނބިމީހާއެވެ.  

ކައިވެނިކުރާތަނުން ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފަށަނީ މިކަންކަމަށް ނުވިސްނުމުންނެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ފުރުޞަތު ނުދިނުމެވެ. ކުރިން މިބުނި ކަންކަމުގައި ބުނެފައިވާ ފަދައިން ކެތްތެރިވެލައިފިނަމަ ހުރިހާ ކަންކަން ޙައްލުވެ އެންމެ ލޯބިން އުފަލުގައި އުޅެވެން ފަށާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން