ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ކޮންމެ އަންހެނަކުވެސް ލިބިގަންނަންޖެހޭ 3 ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ކޮންމެ އަންހެނަކުވެސް ލިބިގަންނަންޖެހޭ 3 ފިލާވަޅެއް!

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ޙަޔާތްޕުޅުން ކޮންމެ އަންހެނަކުވެސް 3 ފިލާވަޅެއްވެއެވެ.  

ފުރަތަމަ ފިލާވަޅަކީ އެކަމަނާއަށް ބައްޕާފުޅު އިންތިހާއަށް އިޙްތިރާންކުރައްވަވައި ލޯބިފުޅު ދެއްވެވިއިރުގައިވެސް ބައްޕާފުޅާއިމެދު ބެހެއްޓެވި ރިވެތި އަޚްލާޤެވެ. އަދަބުވެރިކަމެވެ. ކިޔަމަންތެރިކަމެވެ.  

ދެވަނަ ކަމަކީ އިންތިހާއަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވެވިކަމެވެ. އަތްޕުޅު ދުޅަވެ އިންތިހާއަށް ތަދުފުޅުވީއިރުވެސް ގޮދަންފަދަތަކެތި މުގުރުއްވަވަން އުޑިކޮޅު އެނބުރުއްވެވިކަމެވެ. ހަމައެއާއިއެކު އިންތިހާއަށް ދަތިޙާލުކޮޅުގައި ކެތްތެރިވެވަޑައިގެންނެވިކަމެވެ.

ތިންވަނަކަމަކީ ދެދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު ތަރުބިއްޔަތުކުރެއްވެވި ގޮތުގެ ފުރިހަމަކަމެވެ.

މިނޫންވެސް އެތައް ބައިވަރު ކަންކަން ފާހަގަކުރެވިދާނެއެވެ. މި3 ކަންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމުގެ ބޭނުމަކީ މި 3 ކަންތަކަކީވެސް ކޮންމެ އަންހެނެއްގެ ހަޔާތާއިވެސް އެންމެ ބޮޑަށް ގުޅިފައިވާ 3 ކަންތައް ކަމަށްވާތީއެވެ. މި 3 ކަންތަކުގައި ހިފަހައްޓައިފިނަމަ ކޮންމެ އަންހެނަކަށްވެސް އޭނާގެ ޙަޔާތަށް މިކަންކަމުން ވަރަށް ބޮޑަށް ފައިދާކުރާނެތީއެވެ. އިން ޝާ ﷲ  

ޚުލާޞާ ކޮށްލަމާ ހިނގާށެވެ!

- މައިންބަފައިންނަށް އަދަބުވެރިވުމާއި ކިޔަމަންތެރިވުމާއި އެމީހުންދެކެ ލޯބިވުން

- ދަތިޙާލަށް ކެތްތެރިވުމާއި ދިރިއުޅެން މަސައްކަތްކުރުމަކީ ބުރައެއްކަމަށް ނުދެކުން

- ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން