ޢާއިޝަތު ރަފާޙް ޢަލީ
މީހަކު ތިބާއަށް ބޮޑަށް އަނިޔާކުރާއިރު، ޚާއްޞަކޮށް އެމީހުންނަކީ ތިބާގެ ޢާއިލާގެ މެންބަރުންކަމުގައިވާނަމަ - ސުބުޙާނަﷲ - ބައެއްފަހަރު މައިންބަފައިން، ބައެއްފަހަރު އެއްބަނޑުއެއްބަފާ މީހުން، މިފަދަ "ދޫކޮށްނުލެވޭނެ ގުޅުންތައް" އަޅުގަނޑުމެންނަށް ހުރެއެވެ.
އަޅުގަނޑަކަށް އެފަދަ ގުޅުންތައް ކަނޑާލެވޭކަށް ނެތެވެ. އެހެން އެކަން ކޮށްފިނަމަ އަޅުގަނޑު ސުވަރުގެއަކަށް ނުދާނެއެވެ. އަޅުގަނޑަށް އަޅުގަނޑުގެ އުޚުތާއާ ގުޅުން ކަނޑާލެވޭކަށް ނެތެވެ. މާތްﷲ އަޅުގަނޑުގެ އުޚުތުން ސަލާމަތްކުރައްވާށިއެވެ.
މައިންބަފައިންނާ ބެހޭގޮތުން، އަޅުގަނޑަށް އެތައް ވާހަކަތަކެއް އިވިފައިވެއެވެ. އަޅުގަނޑު ހިތަށްއަރައެވެ، "ޔާ ﷲ، މި މައިންބަފައިންގެ ހިތުގައި ހުރީ ކޮންކަހަލަ އެއްޗެއްތޯ؟"
މި ދުޢާ ކުރައްވާށެވެ، މިއީ ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައިވާ ދުޢާއެކެވެ:
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ."
މިއީ އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދުޢާތަކުގެ ތެރެއިން އެކެވެ. ހިތުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން ބޮޑުވާނަމަ، އެއީ އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
އަޅުގަނޑުމެންނަށް އަނިޔާކުރާ މީހުންނާމެދު ހިތުގައި ނަފްރަތުކަން ބާއްވައިފިނަމަ، އެންމެ ބޮޑަށް ގެއްލުން ވަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށެވެ.
- ޝައިޚާ ޑރ ހައިފާ ޔޫނުސްގެ ދަރުސަކުން
- މިއަދުނޫސް