އެންމެ މުހިންމީ އަނބިމިހާކަމަށް ހަދައިފި ފިރިއަކަށްވުރެ އުފަލުގަ ހުރެވޭނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެންމެ މުހިންމީ އަނބިމިހާކަމަށް ހަދައިފި ފިރިއަކަށްވުރެ އުފަލުގަ ހުރެވޭނެ މީހަކު ނުހުންނާނެ!

ބައެއް ފިރިންނަށް ހެދޭ ގޯހަކީ އަނބިމީހާއަކީ ތިމާއަށް ލިބިފައިވާ މިލްކެއްކަމަށް ވިސްނި އަނބިމީހާއާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ރުހިގެން އިންނާނެ ކަމަށް ބަލައި އަނބިމީހާގެ ކަންކަން ފަހަތަށް ޖައްސައިލަނީއެވެ. އެހެން މީހުންގެ ކަންކަން ކުރިއަށް ނެރެނީއެވެ. ނުވަތަ އެހެން މީހުންނަށް އިސްކަންދެނީއެވެ.  

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަނބިމީހާ އަބަދުވެސް ބައިންދަންވާނީ އެއްވަނަ މަޤާމުގައެވެ. އެހެން އެންމެން ގެންނަން ޖެހޭނީ އަނބިމީހާގެ ފަހަތަށެވެ. އެކަން އަނބިމީހާއަށް އެނގެންވެސް ޖެހޭނެއެވެ. އެނގޭނީ ޢަމަލުތަކުން އެކަން އަންގައިދިނީމައެވެ.  

ފިރިމީހާ އެންމެ ބޮޑަށް އިސްކަންދެނީ ތިމާއަށްކަން އަނބިމީހާއަށް އެނގޭނަމަ އެކަމަށް އަނބިމީހާ ފަޚުރުވެރިވާނެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑަށް އަޅައިލާނެއެވެ. ބޮޑަށް ލޯބިދޭނެއެވެ. ބޮޑަށް ކިޔަމަންތެރިވާނެއެވެ. އެންމެ ރަނގަޅު ޢިބާރާތަކަށްވާނީ އެފަދަ ފިރިންނަށްޓަކައި އަނބިން ޤުރްބާންވާނެ ކަމަށް ބުނުމެވެ.  

ދެން އޮތީ މީގެ އިދިކޮޅެވެ. އަނބިމީހާއަށް އިހްމާލުވެ ދެވަނަ ދަރަޖަ ދޭނަމަ އަނބިމީހާގެ ކިބައިން ފެންނާނީ މިކަންކަމުގެ އިދިކޮޅެވެ. މިކަންކަމަކީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަންކަމެވެ. ވީމާ އުފަލުގައި ހުންނަން ބޭނުންވާނަމަ އަބަދުވެސް އަދި ކޮންމެ ކަމެއްގައިވެސް އަނބިމީހާއަށް އެއްވަނަ ދަރަޖަދީ އެއްވަނައިގައި ބަހައްޓާށެވެ. އެންމެ އުފަލުގައި ހުރެވޭނެ މީހަކަށްވެވޭނެއެވެ. އިން ޝާ ﷲ  

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން