އުފާވެރިކަން ލިބޭނީ ކައިވެނީގެ އެންމެ ބޮޑު ބޭނުން އެނގިގެން ކައިވެނިކުރީމަ! އެއީ އަބަދު ހިނިތުންވެގެން ހުރުމާ ބޭނުންވާހާ ކަމެއް ކޮށްދިނުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުފާވެރިކަން ލިބޭނީ ކައިވެނީގެ އެންމެ ބޮޑު ބޭނުން އެނގިގެން ކައިވެނިކުރީމަ! އެއީ އަބަދު ހިނިތުންވެގެން ހުރުމާ ބޭނުންވާހާ ކަމެއް ކޮށްދިނުމެއް ނޫން!

ގިނަބައަކަށް ވިސްނިފައި އޮންނަނީ ކައިވެނީގެ ބޭނުމަކީ އަބަދު ހިޮނިތުންވެގެން ހުންނާނެ އަދި ބޭނުންވާހައި ކަމެއް ކޮށްދޭނެ މީހަކު ހޯދުނަ ކަމަށެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ކައިވެނީގެ ބޭނުމަކަށްވާންޖެހޭނީ އަބަދުވެސް ތިމާގެ އަތުގައި ހިފައިގެން ހުންނާނެ މީހަކު ހޯދުމެވެ. އެބަހުގެ މާނައަކީ އުފާވެރިކަމުގެ ވަޤުތުތަކުގައި ފަދައިން ދަތިކަމާއި ހިތްދަތިކަމުގެ ވަޤުތުގައިވެސް ތިމާގެ އަތުން ދޫކޮށްނުލައި އަތުގައި ހިފައިގެން ހުންނާނެ މީހަކު ހޯދުމެވެ.  

ހެކިވެސް ދައްކައިފާނަމެވެ. އިބްރާހީމްގެ އަނބިމީހާއަކީ ވަރަށް ރީތި އަންހެނެކެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެސްވެގެންނެވެ. އެހެންވެ ވަރަށް އުފަލުގައި ހުއްޓައި ބަލިވީއެވެ. ވަޒިފާވެސް ގެއްލުނީއެވެ. އަނބިމީހާ ކަންކަންކުރީ ކިހިނަކުން ހެއްޔެވެ؟ އަވަސް އަވަހަށް އިބްރާހީމް ދޫކޮށްލާފައި ދިއައީއެވެ.  

އަޙްމަދުގެ އަނބިމީހާ އެހައިރީއްޗެއް ނޫނެވެ. ބައެއް ކަންކަމުގައި ޝަކުވާވެސް ކުރެއެވެ. އަޙްމަދުވެސް ބަލިޥީއެވެ. ވަޒިފާވެސް ގެއްލުނީއެވެ. އެކަމަކު އަނބިމީހާ ވަކިވެގެނެއް ނުދެއެވެ. އަޙްމަދުގެ އަތުގައި ހިފައިގެން ހުރީއެވެ. ބޭނުންވީ ކެތްތެރިވެލައި ދެމީހުން އެކުގައި މަސައްކަތްކޮށްގެން ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށެވެ. އަހްމަދުގެ ގާތުގައި އަޙްމަދަށް ހިތްވަރުދިނުމަށެވެ. އެހީތެރިވުމަށެވެ.

ދެން ނިކަން ބުނެބަލާށެވެ! ފައިދާމިކުރީ ކާކުގެ އަނބިމީހާގެ ފަރާތުން ހެއްޔެވެ؟ އިބްރާހީމްގެ ނުވަތަ އަޙްމަދުގެ އަނބިމީހާގެ ފަރާތުން ހެއްޔެވެ؟ މިކަންކަމަށް ވިސްނައިގެން ނޫނީ ކައިވެނިނުކުރާށެވެ! ނިންމާލަމުންވެސް ބުނެލަން އޮތީ މުހިންމީ ސިފަރީތިވުމެއް ނޫނެވެ. ކޮންމެ ޙާލެއްގައިވެސް ތިމާއާއިވަކިނުވެ އެކުގައި ހުރުމެވެ.

 

- ތަޖުރިބާކާރު ޢިްލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން