ކޮންމެ ދެމަފިރިއަކުވެސް ކިޔައިލާތި!: ކައިވެންޏަށްފަހު މިދެމަފިރިން ފަދައިން ވެވިއްޖެނަމަ ކުރިމަތިވާ ދަތިތައް ޙައްލުކުރެވި ތަނަވަސްކަން ލިބޭގޮތް ނުވެސް އެނގޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކޮންމެ ދެމަފިރިއަކުވެސް ކިޔައިލާތި!: ކައިވެންޏަށްފަހު މިދެމަފިރިން ފަދައިން ވެވިއްޖެނަމަ ކުރިމަތިވާ ދަތިތައް ޙައްލުކުރެވި ތަނަވަސްކަން ލިބޭގޮތް ނުވެސް އެނގޭނެ! އިން ޝާ ﷲ

އެދެމަފިރިންނަކީވެސް ވަޒީފާ އަދާކުރާ ދެމަފިރިންނެވެ. ދެމަފިރިންނަށް ލިބޭ މުސާރަ އެއްކޮށްލުމުން އުފަލުގައި އުޅެލެވެއެވެ. އެހެންކަމާއިއެކުވެސް ކައިވެންޏަށް 3 ވަނަ މަހު ވަރަށް ބޮޑު ކަމެއް ކުރިމަތިވިއެވެ. އެއީ ފިރިމީހާގެ ބައްޕަ ނިޔާވުމުގެ ކުރިން ނަގާފައި އޮތް ލޯނެއް ދައްކަން ޖެހުމެވެ. 

ބޭންކުން ކަންތައްކުރީވެސް ވަރަށް ދެރަ ގޮތަކަށެވެ. އެއިގެ އަހަރެއްހައި ދުވަސްކުރިން އެލޯނުދައްކަން އޭނާ ހަވާލުވެފައި އޮތުމުން ކުއްލިއަކަށް އެޢަދަދު އޭނާގެ މުސާރަޖަމާވާ އެކައުންޓުން އުނިކޮށްލީއެވެ.

އޭނާ ވަރަށް ދެރަވެފައި ލިޔުންތައް އަނބިމީހާއަށް ދެއްކުމުން ބުނިވާހަކަ އެނގޭ ހެއްޔެވެ؟ "ލޯބިވާ ފިރިމިހާއެވެ! ތިބާ ނުބުނި ނަމަވެސް ތިއަކަން އަހުރެންނަށް އެނގެއެވެ. ބޭންކުން ކަމްތައްކުރާނީ ތިއަ ގޮތަށްކަންވެސް އެނގެއެވެ. އަހުރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހުރެން ތިބާއާއި ކައިވެނިކުރީ ތިބާގެ މަސްއޫލިއްޔަތުތަކާއިއެކުގައެވެ. ވީމާ ތިބާގެ މުސާރައިން އިންސްޓޯލްމަންޓް އުނިކުރިޔަދޭށެވެ. ދެމީހުން ތެދުވެރިކަންމަތީގައި ތިބެ ﷲ އަށް ދުޢާކުރީމާ އެބައި މަދުވާކަން ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ އެކަމަކު ބުނަން ހެއްޔެވެ؟ އަހުރެންވެސް އަޅުކަންކުރުން ގިނަކުރާނަމެވެ. ތިބާވެސް ގިނަކުރަންވާނެއެވެ."  

ފިރިމީހާއަށް ހުންނަންޖެހުނީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. އެއީ އަނބިމިހާގެ ރަނގަޅުކަމަށް ބަދަލުދޭނެ ގޮތެއް ނުވިސްނިގެންނެވެ. އެޙާލަތުގައި އޭނާ ޢަޒުމް ކަނޑައެޅިއެވެ. އަނބިމީހާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަބަދުވެސް އުފަލުގައި ބެއިންދުމަށެވެ. ދިރިއުޅެމުން އައީވެސް އެގޮތުގައެވެ.  

ކަންތައް ވީގޮތް އެނގޭހެއްޔެވެ؟ ދެވަނަ މަހު ހަމަ މުސާރަ ލިބުނީއެވެ. ލޯނަށް އުނިނުކޮށެވެ. އެއީ އޮޅުމެއްކަމަށް ހީކޮށް ވީގޮތް ބަލަން ބޭންކަށް ގުޅުމުން ބުނީ އެއީ އޮޅުމެއް ނޫންކަމަށެވެ. ކާކުކަން ބުނަން ބޭނުންނުވާ ދެމަފިރިންގެ އެކުވެރިއަކު ލޯނުއަދާކުރީއެވެ. ކާކުކަން ސިއްރުކުރީ ގިނަ ޘަވާބު ލިބުން އެދިގެންނެވެ.

ލޮބުވެތި އެކުވެރިންނޭވެ! ކައިވެނިކުރުމަށްފަހު ދެމީހުން އެކަކު އަނެކަކަށްޓަކައި މިފަދައިން ތިބޭނަމަ އެބައަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ލިބޭ ގޮތެއް ނުވެސް އެނގި ރިޒުޤު ލިބޭނެއެވެ. ދަތިތައް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ހިތާމައަކީ އަނެކާއަށް ތެދުވެރިނުވެވޭކަމެވެ. ވަފާތެރި ނުވެވޭކަމެވެ. ދަތިޙާލެއް މެދުވެރިވެއްޖެނަމަ އެކުގައި އުޅެންވެސް ބޭނުން ނުވެވޭ ކަމެވެ. ވީމާ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން